މާލޭގެ ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު 15 އަންހެން ކުއްޖަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ ކުއްޖާ ދެއްކި ކަމަށް ބުނާ ވާހަކަތަކެއް ދައްކުވައިދޭ ސްކްރީންޝޮޓު ތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އިރު އޭނާ ރޭޕް ކުރި ކުދިންގެ ތެރޭގައި އޭނާގެ އާއިލާ ދެ ކުއްޖަކު ހިމެނޭ ކަމަށް ބުނެއެވެ. އަދި އޭގެ ތެރޭގައި އޭނާގެ 2 އަހަރުގެ ކޮއްކޮ ވެސް ހިމެނޭ ކަމަށް ސްކްރީންޝޮޓުތަކުގައި ބުނެފައި އޮއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މާލޭގެ ސުކޫލެއްގައި މަތީ ސާނަވީއަށް ތައުލީމު ހާސިލުކުރަމުން އަންނަ ދަރިވަރެކެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުގައި، އޭނާއާއި އެހެން ކުއްޖަކާ ދެމެދު ދެކެވުނު ވާހަކަތައް ކަމަށް ބުނާ ޗެޓްލޮގުތަކެއް ހިމަނާފައި ވާއިރު އޭނާ ވަނީ އުމުރާ ނުގުޅޭ ތަފާތު އެކި، ބަދުއަހްލާގީ ވާހަކަތައް ދައްކާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައުމާއެކު، އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ސަރުކާރުން ހައްލުކުރަން ނޫޅެއްޏަކާ ނުވާނެ ސަރުކާރުން ކަންތައް ކުރަނީ ހިތްވަރުލިބޭގޮތައް ހުރިހާކަމެތްގަ ވަކިކަމެތްނު އެކަމަކު އިދިކޮޅުމޭހުން ފިޔަވާ މީއަޅެދޮގެއްތަ
ޤާނޫނު އޮންނަނީ ނަމަކަށް މިކަހަލަ މީހުން ސަލާމަތް ކުރަން ޤާނޫނީ ވަކީލުން ތިބޭނީ ފައިކުރި ކަހާލައިގެން. ފައިސާއަށް އަނެކާގެ ހައްޤު ނަގަައި ނުލާބަލަ. ﷲގެ ކޯފާއަށް ބިރުވެތިވެބަލަ. މާދަމާ އަށް ވެސް ވިސްނާލަބަލަ. ހަމަ މީ ކޮންމެސް މީހެއްގެ ދަރިޔަކަށް ލިބުނު އަނިޔާ އެކޭ. މާދަމާ ވެސް އަހަރެންގެ ދަރިޔަކަށް މިހެން ވާކަށް ނޭދޭނެ... ފަރުދީ ޒިންމާ ނަގަން ހިގާބަލަ އެންމެންވެސް.
މިހާރު މިނޫން އަޑެއްނީވެ، ހާދަ ދެރައޭ، މި ގައުމުގާ މިހާރު މި އޮތް ވެރިކަމެއް ފެށުނު ހިސާބުން މި ރޭޕެއްގެ ކަންތައްގަނޑެއްވެސް ބޮއްސުން ލައިގެން މި ދިއައީ، މިސަރުކާރުގާ އެއްމެ ފުރަތަމަ ހިމާޔަތް ކުރީ މިބާވަތުގެ ފާހިޝް އަމަލުކޮށް ޖަލުގާ އޮތް ހޯރައިއްބެ، ދެން ވިސްނާލާ ވާނެ ގޮތް.
ސިޔާސީ ނުކޮށްބަލަ މިކަހަލަ ކަންކަން. ހިގާބަލަ އެންމެން ގުޅިގެން ހައްލެއް ލިބޭތޯ އުޅެން...