އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ޕިޔުރިޓީގެ ހާއްސަ ގިފްޓް ހެމްޕާއެއް ދިނުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ކުރިޔައް ގެންދާ މި ކެމްޕެއިންގައި ގިފްޓް ހެމްޕާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގައި އުފަންވާ ކުދިންގެ އާއިލާއަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ 2020 ވަނަ އަހަރުގައި ފެށުނު މިކެމްޕެއިން ދުނިޔެއަށް ކުރިމަތިވި ކޮވިޑް ހާލަތާއި ގުޅިގެން މެދުކެނޑުމަށް ފަހު އަލުން ފެށިފައިވާއިރު މި ގިފްޓް ހެމްޕާގައި ހިމެނޭ މައިގަނޑު ޕްރޮޑަކްޓް ތަކަކީ އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް އެތެރެ ކުރާ ޕިޔުރިޓީ ބްރޭންޑުން އަލަށް ތައާރަފްކުރި ރީތިވާ ސާމާނު ރޭންޖުގެ ޕްރޮޑަކްޓް ތަކެއް ކަމަށެވެ.

ޕިޔުރިޓީ ބްރޭންޑްގެ ޕްރޮޑަކްޓް ތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމް ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ ޕްރޮޑަކްޓްތަކަށްވުމާއެކު މި ޕްރޮޑަކްޓްތަކަކީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯގެ މަގްސަދަކީ އަލަށް އުފަންވާ ކުދިންނަށް ދެވޭ މި ގިފްޓް ހެމްޕާ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން މި ކެމްޕެއިން ފުޅާކުރާނެ ކަމަށެވެ.