ދެކުނު އެފްރިކާއިން މިމަހުގެ ފަހުކޮޅު ފެނުނު ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީން ވެސް ފެނިފައިވާ ކަމަށް އެގައުމުތަކުން ބުނެފިއެވެ.
މިދިޔަ ހުކުރު ދުވަހު މި ވޭރިއަންޓަށް ދީފައިވާ ނަން އިއުލާނުކޮށް ޑަބްލިއުއެޗްއޯއިން ބުނެފައިވަނީ އޮމިކްރޯން ވޭރިއަންޓާ މެދު ކަންބޮޑުވާ ކަމަށާ މީގެ ކުރިން އުޅުނު ވޭރިއަންޓްތަކަށް ވުރެ އޮމިކްރޯން ވޭރިއަންޓްގެ މިއުޓޭޝަންތައް ގިނަ ކަމަށެވެ. އެހެން ކަމުން މި ވޭރިއަންޓް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފައެވެ.
އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އެފްރިކާ ބައްރުގެ ދެކުނުގެ ގައުމުތަކުން އަންނަ ދަތުރުވެރިން ގައުމުތަކަށް ނުވެދުމަށް ފިޔަވަޅުތައް އަޅަމުންދާ އިރު އިނގިރޭސިވިލާތުން މިވަނީ މި ވޭރިއަންޓްގެ ދެ ކޭސް އެގައުމުން ފެނިފައިވާކަން ކަށަވަރުކޮށް ދީފައެވެ. އިނގިރޭސި ސަރުކާރުން ބުނީ މިވޭރިއަންޓް ފެނިފައިވަނީ ދެކުނު އެފްރިކާއަށް ދަތުރުކޮށްފައި އަނބުރާ އިނގިރޭސިވިލާތަށް އައި ދެމީހެއްގެ ގައިން ކަމަށެވެ.
އެގައުމުން އާވެރިއަންޓް ފެނުމާއެކު އިނގިރޭސިވިލާތުން ވަނީ ކޮވިޑާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައެވެ. މިގޮތުން އެގައުމަށް އަންނަ ހުރިހާ ދަތުރުވެރިންގެ ޕީސީއާރް ޓެސްޓް ހެދުމާ ޓެސްޓްގެ ނަތީޖާ ލިބެންދެން ކުއަރަންޓީވުން ހިމެނެއެވެ.
އޮމިކްރޯންގެ ދެ ކޭސް ޖަރުމަނުން ވެސް ފެނިފައިވާ އިރު މި ވޭރިއަންޓް ހުރި ދެމީހުން ޖަރުމަނަށް ވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ކަމަށާއި އެއީ ޖަރުމަނުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ކުރިން ކަމަށް ޖަރުމަނު ސަރުކާރުން ވަނީ ބުނެފައެވެ.
އާ ވެރިއަންޓް އިޓަލީން ވެސް ފެނިފައިވާ އިރު އެވޭރިއަންޓް ހުރި އެކަކު މިލާނުން ފެނިފައިވާ ކަމަށް އިޓަލީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
އެކަމަކު އިގިރޭސިވިލާތުން އައިސް ގޮސްވުން ނުހުއްޓެނެކަން ޔަގީން އެއީ ނަސީދުގެ އެތްއަތް ވީމަ މުޅިންވެސް ލާބަޔާ މަންފާ އެންމެ މީހަކަން އަދި މުޅިގައުމު ނުރައްކަލަށް ލާފަ މިވަނީ މޑޕ ގެ ހައެއްކަ މީހުންގެ މަންފާޔާ ލާބަޔަށް ވާނެގޮތެއް ވާން އެންމެންވެސް ދޫކޮންލައިގެން ތިބެނޭ. ތެދުވެއްޖެ ނަމަ އެމީހަކު އެހުރީ ކޮރަޕްޓް ވެފަ ދެން ކޮމްމެވެސް އއްޗެކޭ ކިޔާގެން އެބަޔަކު ނޫނީ އެމީހަކު ގޮޅިޔަކަން ފައްތާނެ
އެމެރިކާ އިގިރޭސި އަދި ޔޫރަޕުން ތިއަބުނާ ވައިރަހެއް ފެނިއްޖެތަ ދެން ތީގެ ނުރައްކާ ކުޑަވެދާނެ