މަނީ ލޯންޑަރިންގެ މައްސަަލައިގައި ހުކުމް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލައިފިއެވެ.
ޔާމީންގެ މައްޗަށް މިފަހަރު ދައުވާ ކުރީ ޔާމީން އާއި ވ.ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
އެގޮތުން މި މައްސަލއިގައި ޔާމީނަށް ދެ ދައުވާއެއް ކޮށް ޕީޖީން މިއަދު ވަނީ ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ޔާމީންގެ މައްޗަށް މި މައްސަލައިގައި ކުރާ ދައުވާތައް:
- ގާނޫނު ނަންބަރު: 2014/10 (މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި، (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، އެ ޤާނޫނުގެ 62 ވަނަ މާއްދާ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ
- ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ
މި މައްސަލައިގައި ޔާމީންގެ އިތުރުން ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ. ޔޫސުފް ނައީމަށް ކުރާ ދައުވާ އަކީ ގާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 510 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ދިނުމުގެ ދައުވާއެވެ.
ރައީސް ޔާމީނަށް މީގެ ކުރިން ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ހުކުމް ކޮށްފައެވެ. އެއީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާ ކުރި ކަމުގެ ތުހުމަތުގައެވެ. އެ ދައުވާ ސާބިތުކޮށް ޔާމީނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ޔާމީނަށް އުފުލަންޖެހޭ ދައުވާތައް ކޮޅާކޮޅޭއްނެތް. އެހާ ލާރި އެކައުންޓަށް ވަނީ ކަހާލާފައެވެ.
ޕީޖީ. ކޮބާ ދެން ނެތްތަ ދައުވާއެތް ދެން ތީތަންކޮޅެއް ބޮޑުވަރެން. ހަސަދައިން ކަޅިވިޔަސް ސާބަސް ސާބަސް ތިހެން ތިބޭނީ އިންސާނުން ޔާމީނު ސަލާމަތް ވެދާނެތީ ތިބެނީ ބިރުން ފިތްކަޑައިގެންދާ ވަރުވެފަ އޮޅިގެންވެސް ސަލާމަތް ވާނެ ގޮތެއް ނުހަދާތި ފައިސާތައް ބީވެދާނެ