އަލަށް އުފަންވާ ކުދިންނަށް ހާއްސަކޮށް "ގިފްޓް ހެމްޕާ" އެއް ދޭ ކެމްޕޭނެއް އެސްޓީއޯއިން ފަށައިފިއެވެ.

މިމަހު ފެށި މި ކެމްޕޭން ކުރިޔަށް ގެންދަނީ ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ "ފަހްރުވެރި އާއިލާ އަށް" ނަމުގައި އެސްޓީއޯއިން ކުރިޔަށް ގެންދާ މި ކެމްޕޭންގައި ގިފްޓް ހެމްޕާ ހަވާލު ކުރާނީ ޓްރީޓޮޕް ހޮސްޕިޓަލް ގައި އުފަންވާ ކުޑަކުދިންގެ ފަހުރުވެރި އާއިލާ ތަކަށް ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ގައި އަލަށް އުފަންވާ ކުދިންނަށް ދޭ މި ގިފްޓް ހެމްޕާ ގައި ގިނަ ބައެއްގެ މަގުލޫބުކަން ހޯދައިފައިވާ އެސްޓީއޯ ގެ ޕްރޮޑަކްޓްތައް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.

މިގޮތުން މިވަގުތު ބާޒާރުގައި ލިބެން ހުރި އެންމެ ކޮލިޓީ ނެޕީ ކަމުގައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސް މި ގިފްޓް ހެމްޕާ ގައި ހިމެނޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެޗްޓީއޯއިން ބުނީ ދުނިޔޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ހަގީސް ނެޕީ އަދި ހަގީސްގެ ވޮންޑާ ޕޭންޓްސް އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޝްހޫރު އަދި ކުޑަކުދިންގެ ހަންގަނޑަށް އަރާމް ލިއްބައިދޭ މޮޅު ނެޕީއެއް ކަމަށެވެ.