50 އަހަރުން މަތީގެ މީހުންނަށް ބޫސްޓާ ޑޯޒް ޖަހަން ނިންމައިފިއެވެ.
އެޗްޕީއޭއިން ބުނީ 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޫސްޓާ ޑޯޒް ޖެހުމަށް ހަމަޖެހިފައި ވަނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނަށް ކަމަށެވެ.
އެމީހުންނަށް ބޫސްޓާ ޑޯޒް ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ބޫސްޓާ ޑޯޒް ޖަހަން ހަމަޖެހިފައިވާ މީހުން؛
- ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން
- 50 އަހަރުން މަތީގެ މީހުން
- ދިފާއީ ނިޒާމް ބަލިކަށި މީހުން
ދިފާއީ ނިޒާމް ބަލިކަށި މީހުންގެ ގޮތުގައި ހިމެނޭ މީހުން:
- ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން
- ދިފާއީ ބާރު ބަލިކަށިވާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން
- ދިގު މުއްދަތަކަށް ސްޓިރޮއިޑް ބޭނުންކުރާ މީހުން
- ގަވާއިދުން ޑައަލިސިސް ހަދާ މީހުން
- ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ، ނުވަތަ ފަރުވާ ހޯދުމަށް ފަހު އަހަރެއް ނުވާ މީހުން
- އޮކްސިޖަން ތެރަޕީގެ ފަރުވާ ހޯދަމުންދާ ނުވަތަ ފަރުވާ ހޯދަން ޑޮކްޓަރުން ލަފާ ދީފައިވާ މީހުން
- ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން
- ފުރަމޭގެ ބަލިތަކަށް ފަރުވާ ހޯދާފައިވާ މީހުން
- ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފަވާ މީހުން
- އުމުރުން ދުވަސްވުމުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތި ވެފަވާ މީހުން
- ހިތުގެ ބަލިތަކަށް ފަރުވާ ކުރާ މީހުން
މި ޝަރުތުތައް ހަމަވާ މީހުންނަށް ހެނދުނު 9:00 އިން މެންދުރު 12:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން، އަދި ހެނދުނު 10:00 އިން މެންދުރު 02:00 އަށް އެޕޮއިންޓްމަންޓް އުސޫލުން ފައިޒާގެ ބޫސްޓާ ޑޯޒް ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައި ވެއެވެ.