ފިނޭންސް މިނިސްޓްރީން އެދުނު އަދަދަށް ވުރެ ބިލިއަނެއްހާ ރުފިޔާ ދަށްކޮށް، ފައިސާ ޗާޕުކުރުމަށް ނުވަތަ އޯވަޑްރޯ ކުރުމަށް ހުއްދަދޭން ،މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ފައިސާ ޗާޕުކުރުމަށް ދީފައިވާ ހުއްދައަށް އެއް އަހަރު އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ހުށަހެޅުމާ ބެހޭގޮތުން ސުވާލުކުރުމަށް އެ މިނިސްޓްރީ އާއި މަރުކަޒީ ބޭންކު އެމްއެމްއޭ ވަނީ ކޮމިޓީއަށް މިއަދު ހާޒިރުކޮށްފައެވެ.
މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކަށް އަމަލުކުރުން ފަސްކުރުމުގެ މުއްދަތު 2023 ގެ ނިޔަލަށް އިތުރުކުރުމަށާއި، ކުރިއަށް އޮތް ދެ އަހަރު ޗާޕްކުރެވޭނެ ފައިސާގެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅުއްވާފައެވެ.
އަބްދުލްޣަފޫރުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވާ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ، ފައިސާ ޗާޕްކުރުމަށް އެމްއެމްއޭ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުން ތާއީދުކުރައްވާ ކަމަށާއި، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށްޓަކައި މިއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މި ހުށަހެޅުން ފާސްވީ ކޮމިޓީއަށް ވަޑައިގެން ތިއްބެވި ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެހެންކަމުން، ދެން އޮތީ މި ހުށަހެޅުން މަޖިލީހުގެ ތަޅުމަށް ވެއްދުމެވެ.
މިސަރުކާރުން ރާއްޖެތެރޭގެ ކުދި އާބާދީ ތަކަށް ދައުލަތުގެ ބަޖެޓުން ބިލިއަނުން ޚަރަދުކޮށްގެން ރަށްރަށުގައި ފެނާއި ނަރުދަމާ އާއި ކަރަންޓާއި އަދި ބަނދަރާއި ސްކޫލް ތަކާއި ހޮސްޕިޓާ ތައް ހަދަން ފެށުމުން ކުރިން ވެސް މަމެން ބުނީމޭ އެއީ އެއްގޮތަކަށް ވެސް އިގްތިސާދީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ނޫނޭ ބަދަލުގައި އެމެން އެންމެން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ޓަކައި މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ފަޅު ތައް ހިއްކާ އެތަންތަނަށް އެމެން ބަދަލު ކުރި ނަމަ މިއަދު ދައުލަތުގެ ބަޖެޓް އަރަނިވީސްއޭ މިސަރުކާރު އެއީ ގަމާރު ބީތާ ސަރުކާރެކޭ ތަމެންގެ ސަރުކާރު އެއީ ގަމާރު ބީތާ ހަރާމްކޯރު ބަތާހަރާމީ ސަރުކާރެކޭ..