އުރީދޫ މޯލްޑިވްސްގެ 11 ބުރީގެ އާ ކޮމާޝަލް އިމާރާތުގެ ފައުންޑޭޝަން އަޅައިފިއެވެ.

އެ އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސަތްކަތް އިފްތިތާހު ކޮށްދެއްވައިފައި ވަނީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބް ހާން ގެ އިތުރުން އެ ކުންފުނީގެ މެނޭޖްމަންޓް ޓީމްގެ މެމްބަރުންގެ ހާޒިރުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

އުރީދުއިން ބުނީ ހުޅުމާލޭގައި 6982.89 ސްްކުއާ މީޓަރުގެ އާ އިމާރާތުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ގެ ވަސީލަތްތައް ހިމެނޭއިރު، މި އިމާރާތުގައި މުވައްޒަފުންނަށް އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއިއެކު ކުރިއެރުމަށް މަގުފަހިވާ ފަދަ ހިތްފަސޭހަ އަދި ރައްކާތެރި މަސައްކަތުގެ މާހައުލެއް ގާއިމްކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ޒަމާނީ ޑިޒައިންގެ މައްޗަށް ބިނާކުރެވޭ މި އިމާރާތުގައި ހައި ޕާފޯމަންސް އޮފީސް ސްޕޭސް، އެންޓަޓޭންމެންޓް އޭރިއާ، ޓައުން ހޯލް އޭރިއާ، ކެފޭ، މީޓިން ރޫމް، ސެމިނާ ހޯލް، ޕާކިން އޭރިއާ އަދި އިތުރު އެތައް ހިދުމަތްތަކެއް މުވައްފުނަށް ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫއިން އިތުރަށް ބުނީ އާ ހެޑް އޮފީހުގެ މަސައްކަތް 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.