މާލޭ ކައިރީގައި އޮންނަ ކ. ކުޑަގިރި ފަޅުގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑް އަންނަ އޭޕްރިލްގެ ކުރިން ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ

އާޒިމް ވިދާޅުވީ، މާލެ ސަރަހއްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުދިއުމަށް ހިއްކުމަށް ކަނޑައަޅާފައިވާ ރަށް މިއަދު ހިއްކުމުގެ މަސައްކަތް ފަށާފައި ކަމަށެވެ. ﷲ ގެ ހެޔޮ ރަހްމަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދު އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ފުއްދައިދިނުމަށް އެމްޓީސީސީން މަސައްކަތް ކުރަމުން ދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރި މި މަޝްރޫއަށް 48.41 މިލިއަން ރުފިޔާ ހަރަދުވެއެވެ. އަދި މި ޝަރޫއަކީ ޖުމްލަ 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

ކ. މާލެ އާއި ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ދުރުމިން ފެންނަ މެޕެއް

މި މަޝްރޫޢުގެ ދަށުން، 8 ހެކްޓަރުގެ ބިން ހިއްކުމާއި، 27.397 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށިލުމާއި، 32.428 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މާލެއާ ގާތްގަނޑަކަށް 10.5 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަގިރި ފަޅުގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަކީ މާލެ ރައްޔިތުންނަށް ކޮށްދޭން މި ސަރުކާރުން ނިންމި ކަމެކެވެ. މާލޭގައި އުޅޭ މީހުން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ މި ސަރުކާރުން 100 ދުވަހުގެ ތެރޭގައި ކޮށްދޭން ވައުދުވި ކަމެކެވެ.