އައްޑޫ ސިޓީގައި ޑެންގޫ ހުމާއި ލޮލުރޯގާ އަދި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ، މިދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި ލޮލުރޯގާ އަދި ވައިރަލް ހުމަށް ޕޮޒިޓިވް ވެފައިވާ ބަލިމީހުން ފެންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

މިގޮތުން ޑެންގޫ ހުން ޑެންގޫ ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

އަދި ޑެންގޫއިން ރައްކާތެރިވުމަށްޓަކައި ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅައިގެން އުޅުމަށާއި ގެއާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ޒާތުގެ ލޯޝަން ބޭނުން ކުރުމާއި އަދި މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.

ލޮލުރޯގާ ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދައި، ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމަށް އަދި ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ވައިރަލް ހުން ހުން އައިސް ކެއްސާ ކިނބިހިއަޅާނަމަ ފްލޫ ކްލިނިކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާވެސް މަދުކުރުމުގެ އިތުރުން ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުނން އަދި ކިނބިހައަޅާނަމަ އަނގަޔާއި ނޭފަތް ޓިޝޫފަދަ އެއްޗަކުން ނިވާކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.