ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް އެސެމްބަލް ކުރެވި ބާޒާރަށް ނެރެން ތައްޔާރު ވެއްޖެއެވެ.

ސްޓެލްކޯ އިން ބުނީ، ސްޓެލްކޯއިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުތަކުގެ އާމޮޑެލްއެއް މިހާރު އެސެމްބަލް ކޮށް ބާޒާރަށް ނެރެން ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ކުންފުނިން އެސެމްބަލް ކުރާ ސްޓެވޯ ބްރޭންޑްގެ ޖަނަރޭޓަރުގެ STW500 މޮޑެލްގެ ފުރަތަމަ ޖަނަރޭޓަރުގެ ލޯޑް އަދި ފަންކްޝަން ޓެސްޓް ހަދާނިމި، މިހާރު ވ. ތިނަދޫއަށް ފޮނުވާލުމަށްޓަކައި ތައްޔާރު ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

މިއާއެކު މިހާރު ޖުމްލަ ހަތަރު މޮޑެލްގެ ޖަނަރޭޓަރު ވޯކްޝޮޕުން އެސެމްބަލް ކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ. އެއީ STW600 ،STW500، STW300 އަދި STW800 ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ، މި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް ލޯކަލް ވޮރަންޓީ އާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.