ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ގޯތިގެދޮރު ފަދަ ތަންތަން ރަޖިސްޓްރީ ކުރަން ލާޒިމުވާ ގޮތަށް ހުށަހެޅި, ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބިލު ފާސްކޮށްފައި ވަނީ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު އެކުލަވައިލި ކޮމިޓީ ރިޕޯޓަށް ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވީ ފާސްކުރުމަށެވެ.
ބިލު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރެވެ.
މި ބިލުގައި ގޯތިގެދޮރު ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާ ގުޅިގެން ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށްދޭ ފަރާތަށް ލިބިދެވޭ ހައްގުތައް ބަޔާންކޮށްފައި ވެއެވެ.
އޭގެއިތުރުން ދިރިއުޅުމަށް ޓަކައި ކުއްޔަށް ދޭ ތަންތަނުގައި ހުންނަންޖެހޭ އަސާސީ މިންގަނޑުތަކާއި ކުއްޔާ ގުޅިގެން އަންނަ ދެބަސްވުންތައް ހައްލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ބަޔާންކޮށްފައި ވެއެވެ.
ކުއްޔަށް ދޭ ތަންތަނުގެ އަސާސީ މިންގަނޑު:
- ފެނާއި، ނަރުދަމާއާއި ކަރަންޓުގެ ހިދުމަތް ލިބުމުގެ ވަސީލަތްތައް ދައުލަތުގެ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑަށް ގާއިމުވެފައިވުން
- ކުއްޔަށްދޭ ތަނަކީ، އިމާރާތެއް ނުވަތަ އިމާރާތެއްގެ ބައެއްނަމަ އެހެން އިމާރާތެއްގެ ބައެއް ބޭނުންކުރުމެއް ނެތި އަދި އުނދަގޫކަމެއް ނެތި ވަކިން ވަދެ ނިކުމެވޭނެ ފަދަ އިންތިޒާމެއް ހަމަޖެހިފައިވުން
- ކުއްޔަށް ދޭ ތަނަކީ އިމާރާތެއް ނަމަ އިމާރާތްކުރުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ އިމާރާތެއް ނުވަތަ އިމާރާތެއްގެ ބަޔަކަށްވުން.
- ކުއްޔަށްދޭ ތަނުގެ އަކަފޫޓުގެ ނިސްބަތުން ގިންތިކުރެވި އެ ތަނެއްގެ ކުޑަ ބޮޑުމިނަށް ބަލައި އެތަނެއްގައި އެންމެ ގިނައިން ދިރިއުޅެވޭނެ މީހުންގެ އަދަދެއް ކަނޑައެޅުން
- އެތަނެއްގައި ނިދައި ކައިބޮއި ހެދޭނެ ވަސީލަތްތައް ގާއިމުވެފާ ހުރުން
އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އެއްވެސް ތަނެއް ދިރިއުޅުމަށްޓަކައި ހަ މަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ކުއްޔަށް ދޭން ވާނީ، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދެ ފަރާތުގެ ދެމެދުގައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުން ރަޖިސްޓްރީ ކުރުމަށް ފަހުގައެވެ.
އަދި ދިރިއުޅުމަށްޓަކައި އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވޭނީ ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި އެ ތަނެއް ހުންނަ ސިޓީއެއް ނުވަތަ ރަށެއްގެ ކައުންސިލަށް ހުށަހަޅައި އޭގެ ހުއްދަ ދިނުމުންނެވެ. އެ ހުއްދަ ނުލިބި ކުއްޔަށް ދޫކުރުމަކީ މަނާ ކަމެއް ކަމަށް ބިލުގައިވެއެވެ.
ސަރުކާރަށް ލާޒިމް ކޮށްދޭންވީނުން ފެނާއި ނަރުދަމާއާއި ކަރަންޓްގެ ހިދުމަތް އެކަމަށް އެދި ފޯމް ލާތާ 4 މަސް ވުމުގެ ކުރިން ހިދުތް ދިނުމަށް' މިހާރުވެސް 5މަސް ވީ ކަރަންޓް ހިދުމަތަށް ފޯމް ލީތާ. އަދި ހަބަރެއް ނުވޭ. އަދި ކޮބާ ފެނާއި ނަރުދަމާ
މުޅިންވެސް ކުއްޔަށް ހިފާފަރާތުގެ ހައްޤުތައް. ވެރިފަރާތަށް ލިބިދޭ އެއްވެސް ހައްޤެއް ނޫނީ ހިމާޔަތެއް ނެތް.
މި ބިލުގައި އަސާސީ ޚިދުމަތްތައް (ފެނާއި ކަރަންޓް) ރަޖިސްޓްރީ ކުރެވޭނީ ކުއްޔަށް ހިފާ ފަރާތުގެ ނަމުގައި ކަމަށް ބަޔާން ކުރުން ވަރަށް މުހިންމު. ތަން ދޫކޮށްލާފަ ދާއިރު އަތް ނުފޯރާ ވަރުގެ ބިލްތައް އޮވޭ. މުއައްސަސާ ތަކާއި އޮންނަ ގުޅުމެއްގެ ސަބަބުން އެފަރާތްތަކުގެ ޚިދުމަތްވެސް ގިނަފަހަރަށް ކަނޑާ ނުލާ. ހުރިހާ ގެއްލުމެއް ވެރިފަރާތަށް. މީ މަދުން ނަމަވެސް ވަމުން ދާ ކަންތައް. ބައެއް ގައުމު ތަކުގަ އޮންނަ ގޮތަށް، ޓެނަންޓް ގެ ނަމުގައި ޚިދުމަތްތައް އޮންނަ ނަމަ، އެބަޔަކު ކޮންމެ ތަނަކަށް ބަދަލުވިޔަސް ޔުޓިލިޓީ ބިލްސް އޮންނާނީ ޓެނަންޓް ގެ ނަމުގަ.
މިބިލުގައި ކުއްޔަށް ދޫކުރެވޭނެ އެންމެ ކުޑަ ކުއްޔެއް ކަނޑައެޅިފަ ނެތުން އެއީ ވަރަށް ހިތާމަހުރިކިމެއް