ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.

އެގޮތުން ރާއްޖޭގެ އިގުތިސާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމު ކަމަށް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ބަރުލަމާނީ ނިޒާމަކަށް ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމަށް ގޮވާލައި އެކުލަވާލާފައިވާ ޕެޓިޝަންގައި ބައި ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ.

ނިޒާމީ މައްސަލާގައި ރައީސް ސޯލިހާ ދެކޮޅަށް ފާޅުގައި ނިކުންނަވާނެ ކަމަށް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ. ނަމަވެސް މޭ ހައެއްގެ ހަމަލާއާ ގުޅިގެން ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެންނުވުމާއެކު މަންޒަރު ވަނީ މުޅިން ބަދަލުވެފައެވެ. ރާއްޖެ ވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވެފައިވާ ކުރިއަށް އޮތްތަނުގައި ވެސް ރައީސް ސޯލިހާ އެކު މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.