ދޫނިދޫ ޖަލުގައި ބަންދުގައި ތިބެންޖެހޭ ބަޔަކު ހަމަނުޖެހުން ހިންގާފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެހެން ބުނެފައި ވަނީ ދޫނިދޫ ޖަލުގައި ގައިދީންތަކެއް ރިމާންޑް ޖަލަކަށް އެ މީހުން ބަދަލު ނުކޮށްގެން މިއަދު ހަޅުތާލު ކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބެންޖެހޭ ބަޔަކު ދޫނިދޫ ކަސްޓޯޑިއަލްގައި ތިބިމުން އެމީހުންގެ ތެރެއިން ބައެއް މީހުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާ ކަމަށެވެ.

ނަމަވެސް އެއްވެސް ހަމަނުޖެހުމެެއް ހިންގާފައި ނުވާ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލްގެ ހާލަތު ނޯމަލް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމައްސަލާގައި މީގެ ކުރިންވެސް ދޫނިދޫ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީން ވަނީ ހަޅުތާލު ކޮށްފައެވެ.