އއ. ރަސްދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ ރަސްދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމަށް އެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ މި އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ކަމަށެވެ. ރަސްދޫގައި ކަރަންޓުގެ ހިދުމަތްވެސް ފޯރުކޮށް ދެމުން ދަނީ ސްޓެލްކޯއިންނެވެ.

ރަސްދޫގެ ޔުޓިލިޓީގެ މުހިއްމު ތިން ހިދުމަތް ކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތް ސްޓެލްކޯއިން ފޯރުކޮށްދެމުން ދާއިރު، އަމާޒަކީ ރަސްދޫގެ ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ދެމުން ގެންދިއުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓޭލްކޯއިން ދަނީ ޒަމާނީ ފެންވަރެންގެ އިންޖީނުގެއެއް ރަސްދޫގައި އަޅުމުގެ މަސައްކަތް ކުރަމުންނެވެ. ރަސްދޫގައި މިވަގުތު ހުރި 754 ކިލޯ ވޮޓްގެ އިންޖީނުގޭގެ ބަދަލުގައި 5 މެގަވޮޓްގެ އާ އިންޖީނުގެއެއް އެރަށުގައި އެޅުމަށް މިހާރު ވަނީ ނިންމާފައެވެ.