އަފްގާނިސްތާނުގެ ކަންދަހާތު ސިޓީގައި ހުރި ޝީއީ މުސްލިމުންގެ މިސްކިތެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 47 އަށް އަރައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ހަމަލާއާ ގުޅިގެން މިހާތަނަށް 47 މީހަކު މަރުވެގެން ރިޕޯޓު ކޮށްފައި ވާއިރު 70 މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުގައި ބުނެފައި ވަނީ އެވަގުތު އެ ސަރަހައްދުގައި ޖުމްލަ ތިން ގޮވުމެއް ގޮވި އަޑު އިވިގެން ދިޔަ ކަމަށެވެ. އެއީ މައި ދޮރާށި ކައިރިންނާއި ދެކުނު ސަރަހައްދުގެ އިތުރުން ވުޟޫ ކުރާ ސަރަހައްދުގައި ގޮވި ގޮވުން ތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކަންދަހާރުގެ އޮފިޝަލުން ބުނެފައި ވަނީ މި ހަމަލާއާ ގުޅިގެން އެ ސަރަހައްދަށް 15 އެމްބިއުލާންސް ބޭނުންވި ކަމަށެވެ.

ޝީއީން ނަމާދު ކުރުމަށް ބޭނުން ކުރާ ބީބީ ފާތިމާ މިސްކިތަކީ އެ ސިޓީގައި ހުންނަ ޝީއީން މުސްލިމުން ނަމާދު ކުރާ އެންމެ ބޮޑު މިސްކިތަށް ވާއިރު މި ހަމަލާ އަމާޒު ކޮށްފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އެންމެ ގިނަބަޔަކު މިސްކިތައް ޖަމާވާގަޑި އަށް އަމާޒުކޮށް ދީފައިވާ މި ހަމަލާގެ ޒިންމާ އައިއެސް އިން ވަނީ އުފުލާފައެވެ.

އެ ސަރަހައްދުގައި ތޯލިބާންގެ އޮފިޝަލުން ހަރަކާތްތެރިވެ ހާދިސާ ހިނގަން މެދުވުވެރިވި ސަބަބު ހޯދުމާއެކު އެކަން އިތުރަށް ތަހުގީގު ކުރުމަށް ހަރަކާތްތެރި ވަމުން އަންނަކަމަށް ވެސް ބޭރުގެ މީޑިއާތަކުގެ ރިޕޯޓު ކޮށްފައި ވެއެވެ.