ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 5040 ފުޅި ބަނގުރާ ނައްތާލައިފިއެވެ.

އެތަކެތި ނައްތާލާފައި ވަނީ އޮކްޓޯބަރު 14 ވަނަ ދުވަހު ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.

ނައްތާލާފައި ވަނީ 210 ކެގުގެ ބަނގުއާތްވެއެވެ. އެއީ ޖުމްލަ 5040 ފުޅި ބަނގުއާވި ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

​ކަސްޓަމްސް އިން ބުނީ، މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައަޅާފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތި ކަމަށެވެ.

މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ ގއ.ކޫއްޑޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 585 ބަނގުރާ ފުޅި އާއި 201 ބިއަރު ދަޅުވެސް ނައްތާލާފައެވެ،