ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.
ފުލުހުން ހޯދަން އިއުލާން ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޔޫނުސް (52އ)އެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BC0642839އެވެ.
ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ޔޫނުސް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާ ކަމަށެވެ.
އަދި އާއިލާއަށް ވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހްގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާ އިއުލާނު ކުރާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން، އޮކްޓޫބަރު 30، 20121 ވަނަ ދުވަހުގެ 02:00 އަށް ޔޫނުސް ހާޒިރުވުމަށް އަންގާ ކަމަށެވެ.
ޔޫނުސްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަން ނަންބަރު 9790111 އަށް ގުޅާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މީގެ ކުރިން ވެސް ފުލުހުން ވަނީ އެކި މައްސަލަތަކުގައި، އުޅޭ ވަކި ތަނެއް ނޭނގޭ ބިދޭސީންނާއި ދިވެހިން، ފުލުހަށް ހާޒިރުވުމަށް އަންގާ އެކަން އާންމުކޮށް އިއުލާން ކޮށްފައެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކާ، ޖިންސީ ގޯނާގެ މައްސަލަތަކުގައި ފުލުހުން ވަނީ މީގެ ކުރިން ވެސް މީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.