އިންޑިއާ ހައިކޮމިޝަންއިން މިނިސްޓްރީ އޮފް ޓުއަރިޒްމް އަދި އެމްއެމްޕީއާރްސީ ގުޅިގެން އިންޑިއާ- މޯލްޑިވްސް ރައުންޑްޓޭބަލް "ކަނެކްޓް ޓު ޓްރެވެލް" ހަރަކާރެއް މިމަހުގެ 12 ވަނަ ދުވަހު ބާއްވައިފިއެވެ.

ހޮޓެލް ޖެންގައި ކުރިއަށް ދިޔަ މިބައްދަލުވުމަށް އިންޑިއާގެ ޓުއާ އެންޑް ޓްރެވެލް އޭޖެންސީތަކާއި، ޓުއާ އޮޕަރޭޓަރިންގެ އިތުރުން ޓްރެވެލް ލިޔުންތެރިން އަދި މުމްބާއިގެ އޯޓީއެމް ތަމްސީލުކުރާ ފަރާތްތައް ހިމެނޭ ވަފުދަކަށް ދައުވަތު އެރުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިމުގެ ދާއިރާގެ އެކިއެކި ހިއްސާދާރުން ވެސް ބައިވެރިވިއެވެ. އިންޑިއާގެ ވަފްދު މި ބައްދަލުވުމަށް ފަހު އިންޑިއާ އަދި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ގުޅުވުމަށް ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތް ކުރާނެއެވެ.

މި ބައްދަލުވުމުގައި ކީނޯޓް ސްޕީކާ، ޓުއަރިޒްމް މިނިސްޓަރު ޑރ. މައުސޫމްގެ އިތުރުން އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު އަދި އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރު ތޮއްޔިބް މުހައްމަދު އަދި އޯޓީއެމްގެ ސީއީއޯ އަދި ޗެއާމަން، ސަންޖީވް އަގަރްވާލް އަދި އިންޑިގޯ އެެއާލައިންސްގެ ނައިބު ރައީސް އިޝާން މުނީރް ވާހަކަ ދެއްކެވިއެވެ.

އިންޑިއާގެ މި ވަފްދުގެ އަމާޒަކީ ރާއްޖޭގެ ޓުއަރިޒްމްގެ، އެންމެ މަތީ ފަންތީގެ އަދި އެމްއައިސީއީ، ގެސްޓްހައުސް އަދި ފިލްމު ޕްރޮޑަކްޝަންއަށް ހާއްސަ ކޮށްގެން އިންޑިއާއާއި ފަތުރުވެރިކަމުގެ ގުޅުންބަދަހިކުރުމެވެ.

މީގެ 3 އަހަރު ކުރިން ރާއްޖޭއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ވަނަ ގައުމުގައި އޮތް އިންޑިއާ މިއަދު ވަނީ ލިސްޓްގެ އެއްވަނައިގައެވެ. މިއަދު ރާއްޖެ އަންނަ ކޮންމެ 4 ފަތުރުވެރިއަކުން އެކަކީ އިންޑިއާގެ ފަތުރުވެރިއެކެވެ. 2021 ފުރަތަމަ 9މަސް ތެރޭގައި 200000 އިންޑިއާގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ.

އިންޑިއާ މޯލްޑިވްސް ރައުންޑްޓޭބަލް އަދި އިންޑިއާ ވަފްދުގެ ދަތުރުތަކުގެ ސަބަބުން އިންޑިއާއި ރާއްޖޭގެ ފަތުރުވެރިމުގެ ގުޅުން އިތުރަށް ކުރިއަރާ، ފުޅާވެގެން ދާނެއެވެ. އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވުމުން ރާއްޖޭގެ އިގްތިސާދް ރަނގަޅުވެ ދެގައުމު ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވާނެއެވެ.