ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލ.ގަން ރީޖަނަލް ހޮސްޕިޓަލްގެ ބޯޑް އެކުލަވާލައްވައިފިއެވެ.

މި ބޯޑަކީ ލ.ގަން ރީޖަނަލް ހޮސްޕިޓަލުގެ ހިންގުމުގެ ކަންކަން ލާމަރުކަޒީ އުސޫލުން ބެލެހެއްޓެވުމަށްޓަކައި އުފައްދާފައިވާ ބޯޑެކެވެ. އެ ބޯޑު އެކުލަވާލައިފާ ވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

މި ބޯޑުގައި ހިމެނެނީ:

1. އިބްރާހީމް ޝަރީފް، މުކުރިމަގު، ސޯސަންވިލާ، ލ.ގަން (ސަރަހައްދުގެ މާލީ ދާއިރާގެ މެންބަރެއް)

2. ޑޮކްޓަރު މުހައްމަދު އިސްމާއީލް، ދަފްތަރު. ނަންބަރު ރސ 9558 (ހޮސްޕިޓަލްގައި މަސައްކަތް ނުކުރާ ހެލްތް ނުވަތަ މެޑިކަލް ދާއިރާގެ ތަޖްރިބާކާރެއް)

3. މުހައްމަދު ހަމީދު، އަޅިވިލާގެ، ލ. ފޮނަދޫ ( ޢާންމުންގެ ތެރެއިން އައްޔަންކުރެވޭ މެންބަރެއް )

4. އިސްމާއީލް އަލީ، ތުނޑި، ބިނާ، ލ. ގަން ( އަތޮޅު ކައުންސިލްގެ ރައީސް)

5. މުހައްމަދު ޝިޔާމް، ތުނޑި، ފިތުރޯނުމާގެ، ލ. ގަން ( ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުރި އިސްވެރިޔާ)

މި ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ރައީސް އައްޔަންކުރައްވާފައި ވަނީ އިބްރާހީމް ޝަރީފެވެ.