އެމްޑަބްލިއުއެސްސީގެ ޝޯ ރޫމަށް 5 އަހަރު ފުރުމާ ގުޅިގެން "އެނިވާސަރީ ޕްރޮމޯ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، އެ ޕްރޮމޯޝަން ފަށާފައި ވަނީ މިދިޔަ މަހުގެ 28 ގައި ކަމަށާއި އަދި އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށް ދާނެ ކަމަށެވެ. އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ ފެން މީޓަރަކަށް އަދި ފެނުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދާ ޓެސްޓްތަކުން ކަސްޓަމަރުންނަށް 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ފެނުގެ ކޮލިޓީ ޓެސްޓް ކުރާ ކަސްޓަމަރުންގެ ތެރެއިން ޑިސްކައުންޓް ލިބޭނީ، ޕްރޮމޯޝަންގެ މުއްދަތުގައި އެނުއަލް ކޮންޓްރެކްޓަކަށް ދާ ކަސްޓަމަރުންނަށް ކަމަށާއި އެ ކަސްޓަމަރުންނަށް މުޅި ކޮންޓްރެކްޓްގެ މުއްދަތު ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކޮންޓްރެކްޓްގައި ފެނުގެ ޓެސްޓް ކުރުމަށް މަދުވެގެން 4 ސާމްޕަލް ޕޮއިންޓް ހިމަނަންވާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.

އެމްޑަބްލިއުއެސްސީ ޝޯވްރޫމް

މީގެ އިތުރުން ރިސޯޓު އަދި އެހެނިހެން ކަސްޓަމަރުންނަށް ފެނުގެ ކޮލިޓީ ޓެސްޓް ކުރުމުގެ ހިދުމަތް އަދި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ސާމާނާއި، އާރްއޯ ސްޕެއާޒް، ޕީވީސީ އަދި ޕީއީ ޕައިޕް އާއި ފިޓިންގްސް އަދި ފެނާއި ނަރުދަމާއާ ގުޅުން ހުރި ގިނަ ބާވަތްތައް ވެސް ޝޯރޫމް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޕްރޮމޯޝަންއާ ގުޅޭ އިތުރު މައުލޫމާތު އެމްޑަބްލިއުއެސްސީ ޝޯރޫމްގެ ހޮޓްލައިން ނަންބަރު 7960022 އަށް ގުޅައިގެން ސާފް ކުރެވޭނެއެވެ.