​​އުރީދޫ ކަސްޓަމަރުންނަށް އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ މެޗްތައް ފަސޭހަކަމާއެކު ކޮންމެތާކުންވެސް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން އުރީދޫ އާއި މީޑިއާނެޓް ޕާޓްނާ ވެއްޖެއެވެ.​​

އުރީދޫން ބުނީ އެ ހާއްސަ ޕާޓްނާޝިޕްގެ ދަށުން މިއަދު އުރީދޫ ފްލިކްސްގެ 250 ޕެކްއަށް މީޑިއާނެޓް މަލްޓި ސްކްރީން އެޕް (އެމް އެސް އެޕް) މަންތްލީ ސަބްސްކްރިޕްޝަންއާއެކު ހިމަނާފައިވާ ކަމަށެވެ. އަދި އެ ޕެކް އެކްޓިވޭޓް ކުރާފަރާތްތަކަށް ހިލޭ ސަބްސްކްރިޕްޝަން ގެ އިތުރުން މެޗުތައް ބެލުމަށް 20ޖީބީ ޑޭޓާ ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ އެ ޕެކް ނަގާ ކަސްޓަމަރުންނަށް އެމް އެސް އެޕް ކޮންޓެންޓްގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް އަދި ސްޕޮޓިފާ ވެސް ބޭނުންކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެގޮތުން އާޗާ ޕްރިޕެއިޑް 750، އަޗާ ޕޯސްޓްޕެއިޑް 1000، އެކު ޕޯސްޓްޕެއިޑް އަދި ވަރަށް ތަފާތު ޕޯސްޓްޕެއިޑް 1499 އަދި 1999 ޕެކޭޖް ގެ އިތުރުން ސުޕަނެޓް 50އެމް އަދި 100އެމް އަލަށް ނަގާ ކަސްޓަމަރުންނަށް، އެމް އެސް އެޕް ކޮންޓެންޓްއަށް ސަބްސްކްރައިބް ކުރުމަށް ހިލޭ ޕްރޯމޯ ކޯޑްސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

ސާފް ޗެމްޕިއަންޝިޕްއަކީ އަބަދުވެސް ދިވެހިންގެ އެއްބައިވަންތަކަމާއި ގައުމީ ޖޯޝާއި ރޫހު އާލާވެގެންދާ ވަރަށް ފޯރި ގަދަ އިވެންޓެއް. އެންމެން އެކު އެކީގައި ދިވެހި ގައުމީ ޓީމަށް ސަޕޯޓްކޮށް ޗެމްޕިއަން ޓީމަށް ވުމަކީ އަޅުގަނޑުމެން އެންމެންގެވެސް އުއްމީދު. އެހެންކަމުން މުބާރަތުގެ ޓައިޓަލް ސްޕޮންސަގެ ގޮތުގައި އަޅުގަނޑުމެންގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެންމެހައި ބޭފުޅުންނަށްވެސް މެޗްތައް ލައިވްކޮށް ކޮންމެތާކުތިއްބަވައިގެންވެސް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުން.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު، ހުސެން ނިޔާޒް

ނިޔާޒް ވިދާޅުވީ މީޑިއާނެޓް ގެ އެމް އެސް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިލޭ ސަބްސްކްރިޕްޝަން އާއެކު ހުރިހާ މެޗެއްވެސް ކޮންމެތާކު ތިބެގެންވެސް ބަލާލެވޭނެ ކަމަށެވެ.

މީޑިއާނެޓް އިން އަބަދުވެސް މަސައްކަތްކުރަމުންމިދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ ކޮންޓެންޓް ފަސޭހަކަމާއެކު ބަލާލުމުގެ މަގުފަހިކޮށްދިނުމަށް. އެގޮތުން އުރީދޫ މޯލްޑިވްސް ގެ މި ޕަޓްނާޝިޕް ގެ ދަށުން ގިން ފަރާތްތަކަކަށް މީޑިއާނެޓް މެދުވެރިކޮށް ބައްލަވާލެވޭ ހުރިހާ ޓީވީ ޗެނަލްތަކަކާއި ފަހުގެ ފިލްމްތަކާއި ސީރީޒްތައް އެމް އެސް އެޕް މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މިހާރު ބަލާލެވޭނެ.
މީޑިއާނެޓްގެ ހެޑް އޮފް މަލްޓި ސްކްރީން، ތާއިމް އަބަދުﷲ ރަޝީދު

ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް އީޕީއެލް އަދި ލަލީގާ އައިސް ޓީވީ އަދި އައިސް ސްޕޯޓްސް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް ތާއިމް ވިދާޅުވިއެވެ. އަދި ހަމައެކަނި އެމްއެސް އެޕް މެދުވެރިކޮށް ބަލާލެވޭ މީޑިއާނެޓް ގެ އުފެއްދުންތައްވެސް ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް ބަލާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން ބުނީ މަލްޓި ސްކްރީން އެޕަކީ ހަބަރާ މުނިފޫހިފިލުމުގެ އެތަކެއް ޕްރޮގްރާމްތަކާ، ޗެނަލްތައް ފޯނު، ޓެބްލެޓް އަދި ޓީވީ މެދުވެރިކޮށް ވެސް ބަލާލެވޭ ޕްލެޓްފޯމެއް ކަމަށާ އަދި އާއިލާ އާއި ރައްޓެހިންނާއެކު އެއް ޑިވައިސްއަކުން ނުވަތަ ވަކިން ވެސް އެންމެ މަގުބޫލު ޕްރޮގްރާމްތައް ބަލާލެވޭނެ ކަމަށެވެ.

އުރީދޫ ފްލިކްސް، އާޗާ ޕޯސްޓްޕެއިޑް، އާޗާ ޕްރިޕެއިޑް އަދި ސުޕަނެޓްގެ ހިދުމަތް ހޯދުމަށް އުރީދޫ އެޕަށް ޒިޔާރަތްކުރުމަށް އުރީދޫން ވަނީ އެދިފައެވެ.