ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕްރައިވެޓް އިންޓަނޭޝަނަލް ސްކޫލެއް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އެޗްޑީސީން ބުނީ، މި އެއްބަސް ވުމަކީ އެޗްޑީސީ އާއި އައިލެންޑާސް އެޑިއުކޭޝަންއާ ދެމެދު ވެވުނު އެއްބަސްވުމެއް ކަމަށެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެމްޑީ ސުހައިލް އަހްމަދެވެ. އައިލެންޑާސް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކްސެކެޓިވް ޑިރެކްޓާ އަހްމަދު އަދްލީ ރަޝީދެވެ.

މިއީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ ތަނުގައި ޕްރައިވެޓް ސްކޫލެއް އެޅުމުގެ ދަށޫން ސޮއި ކުރި އެއްބަސްވުމެކެވެ.

ހުޅުމާލެ ފޭސް 2 ގައި އަލާފައިވާ ހިޔާ ފްލެތްގެ ތަވަރަުތަކަށް ގިނަ ބަޔަކު ދިރިއުޅެން ފަށާފައިވާ އިރު ދެވަނަ ފިޔަވަހީގައި އާންމުންނަށް ހިދުމަތް ލިބޭނެ ގިނަ ކަންކަން ފަހި ކޮށްދިނުމަށް އެޗްޑީސީން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

ގިނަ ބަޔަކު މިހާރު އާބާދުވެފައިވާ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަދި މިހާރު ސްކޫލެއް ނެތުމުން އެ ސަރަހއްދުގައި ދިރިއުޅޭ ކުދިން ކިޔަވަން ދަނީ މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ސްކޫލަތަކަށެވެ.