މިރޭ ނޫސް ކޮންފަރެންސެއް އޮންނާނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހާމަކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިރޭ ނޫސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ 9:00 ޖަހާއިރު ކަމަށާއި ލައްކަ ވާހަކަ ވިދާޅުވާން ހުރި ކަމަށެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިރޭގެ ނިއުސް ކޮންފަރެންސްގައި އޭނާ ފްރޭމްކޮށް އަޒުލުކުރި ގޮތާ، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާ، ޕީޖީއާ އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި އޮތް ގުޅުމާ އުތުރު ތިލަފަޅުގެ ވާހަކަތައް ވިދާޅުވެދެއްވާނެ ކަމަށެވެ.

އިރާދަފުޅުން މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އަޅުގަނޑު ނިއުސް ކޮންފަރެންސެއް ބާއްވާނަން. މިރޭގެ ނިއުސް ކޮންފަރެންސްގައި އަޅުގަނޑު ފްރޭމްކޮށް އަޒުލުކުރި ގޮތާއި، ރައީސް ޔާމީން ޖަލަށްލާން ނިންމި ނިންމުމާއި، ޕީޖީއާ އެމްއެމްޕީއާރުސީ ގެ ހިޔާނާތާއި އޮތް ގުޅުމާއި އުތުރު ތިލަފަޅު ހިމެނޭ
އަލީ ވަހީދު

މިދިޔަ މަހު 25 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން އަލީ ވަހީދު ނިންމެވި ނަމަވެސް އެދުވަހު ޔޫކޭގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ނަމަވެސް މި މަހުގެ ހަވަނަ ދުވަހާ ހަމައަށް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުގެ މައްސަލަ ކޯޓުގައި ކުރިއަށް ދާއިރު އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރު ނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ އޭނާއަށް ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ އެ ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންނާއި އިންޓަޕޯލްއާއެކު މަސައްކަތްކުރަމުން ދަނިކޮށެވެ.

އަލީވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ދައުވާއާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާއާއި، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާގެ އިތުރުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އަދި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދައުވާއެވެ.