ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމާއި އެހެނިހެން ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، މިއަދު ބައެއް ކައުންސިލްތަކުގެ މަސައްކަތް ހުއްޓާލައިފިއެވެ.

އެގޮތުން މަސައްކަތް ހުއްޓާލި ބައެއް ކައުންސިލް އިދާރާތަކުގެ ތެރޭގައި ކ. ތުލުސްދޫ ކައުންސިލް އިދާރާ، ކ ހިއްމަފުށި ކައުންސިލް އިދާރާ، ކ. ދިއްފުށި ކައުންސިލް އިދާރާ، ކ. ގުރަދޫ ކައުންސިލްގެ އިރާދާ، ކ. ހުރާ ކައުންސިލް އިދާރާ، އއ. މަތިވެރި ކައުންސިލް އިދާރާ، އއ. ހިމަންދޫ ކައުންސިލް އިދާރާ، ހިމެނެއެވެ.

ހިއްމަފުށި ކައުންސިލް އިދާރާ ހުސްކޮށް

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ އެ ކައުންސިލް އިދާރާގެ އެއްވެސް މަސައްކަތެއް މިއަދު ނުހިނގާ ކަމަށެވެ.

https://www.facebook.com/thulusdhoocouncil/photos/a.898530290232834/4289655267786969/?type=3&theater

އަސްލަމް ވިދާޅުވީ އެކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނާ ވަރަށް ވާހަކަ ދެއްކި ކަމަށެވެ. އެގޮތުން އެކޮމިޝަނުން ބުނީ އެމީހުން ވެސް ބެލެނިވެރިވާ ފަރާތެއް ހުރި ކަމަށާ އެފަރާތުން ޖަވާބެއް ދިނުމުން ޖަވާބެއް ދޭނެ ކަމަށް ބުނި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި އިއްޔެ ކުރިއަށް ދިޔަ އިހުތިޖާޖުގައި ބައިވެރިވުމަށް އިއްޔެ އެރަށު ކައުންސިލް އިދާރާގެ މުވައްޒަފުން ވެސް މަސައްކަތަށް ނިކުތީ ކަޅު ހެދުމުގައި ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލްގެ މެންބަރު އައިމިނަތު ނަދާ އާދަމް ވިދާޅުވީ މުވައްޒަފުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ނުލިބެނީސް މަސައްކަތަށް ނިކުންނަން ބޭނުންނުވާ ކަމަށް ބައެއް މުވައްޒަފުން ބުނަމުންދާ ކަމަށް ވެސް ނަދާ ވިދާޅުވިއެވެ.

ގުރައިދޫ ކައުންސިލް އިދާރާ ހުސްކޮށް

ނަދާ ވިދާޅުވީ އެކައުންސިލް އިދާރާގެ މުވައްޒަފުން ވެސް އިއްޔެ މަސައްކަތަށް ނިކުތީ ކަޅު ހެދުމުގައި ކަމަށެވެ.

ހުރާ ކައުންސިލް އިދާރާ ހުސްކޮށް

ބައެއް ކައުންސިލްތަކުން މިއަދު މަސައްކަތްތައް ހުއްޓާލާފައިވާއިރު އެކަށީގެންވާ އުޖޫރަ އާ އިނާޔަތްތައް ނުލިބޭ ކަމަށް ބުނެ ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން ކަޅު ހެދުމުގައި އޮފީހަށް ނުކުމެ ހަމަހިމޭން އިޖުތިޖާޖެއް އިއްޔެ ކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ނެޝަނަލް ޕޭ ކޮމިޝަނުން ވަނީ މިނިމަމް ވޭޖެއް ކަނޑައަޅާ، ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބުނެފައެވެ. އަދި ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވާކްގެ މަސައްކަތް މިހާރު އެންމެ ފަހުގެ މަރުހަލާގައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެއެވެ.

އެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިމޭނެ ކަމަށާ މި އާ ޕޭ ފްރޭމްވާކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާ އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.

އޭގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު އަވަހަށް ނިންމުމަށް ގޮވާލާ، މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅާފައެވެ.

އެ މައްސަލަ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮން ބިލެތް) އެވެ.