މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 162 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ނެގި 5195 ސާމްޕަލް ޓެސްޓުކޮށްފައި ވާ އިރު ޕޮޒިޓިވް ވެފައި ވަނީ 162 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 49 މީހަކާއި، އަތޮޅުތެރެއިން 106 މީހަކާއި ރިސޯޓްތަކުން 6 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 162 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 83494 އަށް އަރާފައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 229 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 23 މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ އިއްޔެއާ ހަމައަށް 560 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 178 މީހަކު މަރުވެފައެވެ.

މި ވަގުތު އެކްޓިވް ކޭސްގެ އިތުރުވެ 1708 މިީހަކު ކޮވިޑް ޖެހިފައި އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.