މި މަހުގެ ނިޔަލަށް ދިރާގު އޭޑީއެސްއެލް ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންނަށް ފައިބާ ބްރޯޑް ބޭންޑަށް ހިލޭ ބަދަލު ކުރެވޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން ބުނީ، އޮކްޓޯބަރު ފެށުމުގެ ކުރިން ދިރާގު އޭޑީއެސްއެލް ބޭނުން ކުރާ ކަސްޓަމަރުން ފައިބާ ބްރޯޑްބޭންޑަށް ބަދަލު ކުރެވޭނެ ކަމަށެވެ. އަދި މި މުއްދަތުގައި އޭދީއެސްއެލުން ފައިބާ ބްރޯޑް ބޭންޑަށް ބަދަލު ކުރާ ނަމަ އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުނެއެވެ.

އޭދީއެސްއެލް ހިދުމަތުން ފައިބާ ބްރޯޑް ބޭންޑަށް އަފްގްރޭޑް ކުރަން ކަސްޓަމަރުންނަށް މި ލިބެނީ ރަނުގެ ފުރުސްތެއް ކަމަށް ދިރާގުން ބުނެއެވެ. ހަލުވި ސްޕިޑުގައި އިންޓަނެޓް ބޭނުންވާ އިރު، މި ދުވަސްވަރަކީ ހުރިހާ ކަމެއްވެސް އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ ދުވަސްވަރެކެވެ. އެހެންކަމުން މި ހިދުމަތް ހޯދަން ބެނުންވާ ކަސްޓަމަރުން ދިރާގުގެ މި ލިންކަށް ޒިޔާރަތް ކުރުމަށް ދިރާގުން ބުނެއެވެ.

ފައިބާ ބްރޯޑް ބޭންޑް ހިދުމަަތށް ބަދަލު ކުރުމުން ކަސްޓަމަރުންނަށް ތަފާތު ގިނަ ޕެކޭޛްތައް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަަމށް ދިރާގުން ބުނެއެވެ. އެ ގޮތުން ގިނަ ޑޭޓާ އެލަވަންސް ލިބޭ ހައި ސްޕީޑް އިންޓަނެޓް ބަލައިގަތުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް މިހާރު ރާއްޖޭގެ 80 ޕަސެންޓް ގޭބިސީން އަންނަނީ ބޭނުން ކުރަމުންނެވެ.