16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ 16 އަހަރުގެ އަންހެން ކުއްޖަކަށް ޓެކްސީި ޑްރައިވަރަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ރޭ ގެ ވަގުތެއްގައި ފުލުހަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގެ ބަލަން ޖެހޭ ކަންކަން ބަލާ ފުލުހުން ދަނީ އިތުރު ތަހުގީގު ކުރަމުންނެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަގެ ތުހުމަތުގައި މިދިޔަ މަހުގެ ތެރޭގައި ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ދަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. ކުޑަކުދިންނާ ގުޅޭ މިފަދަ މައްސަލަތަކުގައި ކުއްޖާގެ ވަނަވަރު ފުލުހުން ހާމައެއް ނުކުރެއެވެ.