ކޮވިޑް-19 ވެކްސިން ނުޖަހާ މީހުންނަށް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ ދަތިތަކެއް ކުރިމަތިވާނެއެވެ. ދުރާލާ ސަރުކާރުން އެ ދަތިތަކުގެ ވާހަކަ އާންމުކުރަމުން ގޮސްފައި ވާއިރު މާދަމާއަކީ އެ ދިޔަވަޅުތައް ތަންފީޒު ކުރން ފަށާ ފުވަހެވެ.
ނޫސްވެރިންގެ ބައްދަލުވުންތަކުގައި ސަރުކާރުން އަޅާނެ ފިޔަވަޅުތައް ހިއްސާ ކޮށްފައި ވާއިރު އޭގެ ތެރޭގައި 6 ފިޔަވަޅެއް ހިމެނެއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:
- ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުން މަނާކުރުން.
- ސްކޫލްތަކަށް ވަނުން މަނާކުރުން.
- ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުން މަނާކުރުން.
- އޮފީސްތަކަށް ގޮސް މަސައްކަތްކުރުން މަނާކުރުން.
- ސެލޫންތަކަށް ވަދެ ހިދުމަތް ހޯދުން މަނާކުރުން.
- ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު ނިންމުމަށްފަހު ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހުން.
މި ފިޔަވަޅުތައް އަޅަން ނިންމުމުގެ ބޭނުމަކީ ވިހާވެސް ގިނަ ބަޔަކަށް ވެކްސިން ފުރިހަމަ ކުރުމަށް ބާރުއެޅުމަށެވެ.
މީގެ އިތުރުން އާންމު ހާލަތަކަށް ރުޖޫއަވުމަށް ވެކްސިން ފުރިހަމަ ކުރުމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ވެކްސިންގެ ފުރިހަމަކޮށް ހާލަތު ރަނގަޅުވަމުން ދިޔަ ނަމަވެސް މާސްކު އެޅުން ފަދަ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މި މަހުގެ ތެރޭގައި ވަނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ.
ރައީސް އޮފީހުން ބުނީ ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައިވާ ކަމަށެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ.
މިއުޅެނީ އަހަރެމެން ފެލުމުގައި އަވަދިނެތި އެއްނު