މަންދީރަ ބޮޑުބެރު ގުރޫޕުން ވިދާލި ހުސެއިން ސަމާއު (މާއު) ނިޔާވެއްޖެއެވެ.

ހއ. ކެލަޔަށް އުފަން 22 އަހަރުގެ ހުސެއިން ސަމާއު (މާއު) އާއި، ހަސަން ސަމާހު (މާހު) އަކީ އެއްމާބަނޑު ދެމީހުންނެވެ. ދެ ޒުވާނުންނަކީވެސް ތެލެސީމިއާ ދެމީހުންނެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މާއުގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނީ މިއަދު އޭނާގެ ހާލު އެހާ ރަނގަޅު ނޫން ކަމަށާއި އެހެންދުވަސް ދުވަހާ އަޅާ ބަލާއިރު މާއު ވަރަށް ތަފާތު ކަމަށެވެ.

އޭނާ އިތުރަށް ބުނީ މާއު ނިޔާވީ މިރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.

މާއު އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މާއު އާއި މާހު ވަނީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގައި ވެސް ހަރަކާތްތެރި ވެފައެވެ.