ގއ. ދާންދޫގައި ހަށިވިއްކި މައްސަލައެއްގައި 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ދާންދޫގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއް ބަލާ ފާސްކޮށް 7 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގަައި ހިމެނެނީ 4 ދިވެހިންނާއި 3 ބިދޭސީން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހައްޔަރުކުރި 4 ދިވެހިންގެ ތެރޭގައި 20 އަހަރުގެ އަންހެނަކާ، 24 އަހަރުގެ އަންހެނަކާ، 30 އަހަރުގެ ފިރިހެނަކާ، 39 އަހަރުގެ ފިރިހެނެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ހައްޔަރުކުރި ބިދޭސީންގެ ތެރޭގައި 25 އަހަރުގެ ފިރިހެނަކާ، 26 އަހަރުގެ ފިރިހެނަކާ އަދި 27 އަހަރުގެ ފިރިހެނެއް ހިމެނޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.