ބޭންކެއްގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން ފޭކް ސްލިޕް ފޮނުވާ މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރު ކޮށްފިއެވެ.

ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބޭންކެއްގެ ސްލިޕެއް ދައްކައި އޮޅުވާލައިގެން ގެންގޮސްފައިވާ ތަކެއްޗާއެކު ހައްޔަރުކޮށްފައި ވަނީ އުމުރުން 47 އަހަރުގެ މީހަކެވެ. އަދި އެ މީހާގެ އަތުން ފެނުނު ތަކެތީގެ އަގު މިލިއަނެއްހާ ރުފިޔާ އަށް އަރާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އޮޅުވާލައިގެން ތިން ފިހާރައަކުން އެ މީހާ ގެންދިޔަ މުދާތަކުގެ ތެރެއިން ވެރިފަރާތް ހޯދިފައިވާ ފަރާތްތަކާ ބައެއް މުދާ ވަނީ ހަވާލު ކޮށްފައެވެ.

އެ މީހާގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތު ޖަހާފައެވެ.

މިފަހަކަށް އައިސް އޮޅުވާލައިގެން މަކާރާއި ހީލަތުން ސައްހަ ނޫން ސްލިފާއި މީހުންނަށް ގުޅާ އޮލުވާލައިގެން މީހުންގެ އަތުން ފޭރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.