ދިވެހިބަހުގެ އެކަޑަމީގެ ދައުރު ހަމަވެ އާ ރައީސަކަށް ޑރ. އަޝްރަފް އަބްދުއްރަހީމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރައްވައިފިއެވެ.

ދިވެހިބަހުގެ އެކަޑަމީގެ 3 މެންބަރެއްގެ ދައުރު ހަމަވުމުން މިއަދު ރައީސް ވަނީ އެ އެކަޑަމީއަށްް 3 މެންބަރުން އައްޔަން ކުރައްވާފައެވެ. މިއަދު ދިވެހިބަހުގެ އެކަޑަމީއަށް އައްޔަން ކުރައްވާފައިވާ 3 މެންބަރުންނަކީ ޑރ. އަޝްރަފް އަބްދުއްރަހީމާއި ޒުލްފާ އިބްރާހީމާއި މުހައްމަދު ޝާހިދު ހަލީމެވެ.

އެކަޑަމީގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދައުރު މިއަދަށް ހަމަވެފައިވާ 3 ބޭފުޅުންނަކީ އެކަޑަމީގެ ރައީސް އަޝްރަފް އަލީ އާއި ރާފިއާ އަބްދުލްގާދިރު އަދި މުހައްމަދު ޝާހިދު ހަލީމެވެ.

ރައީސް ގެންނެވި މި ބަދަލާއެކު މިހާރު އެކަޑަމީގައި ތިއްބަޔާ 5 މެންބަރުންނަކީ:

1. ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުއްރަޝީދު ހުސައިން

2. އިޔާޒު ޖާދުﷲ ނަސީމް

3. މުހައްމަދު ޝާހިދު ހަލީމް

4. ޑރ. އަޝްރަފް އަބްދުއްރަހީމް

5. ޒުލްފާ އިބްރާހީމް

ދިވެހިބަހުގެ އެކަޑަމީއަށް ރައީސާއި ނައިބުރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓުން އެކަޑަމީގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.