އެސްޓީއޯ ހޯލްސޭލް ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓާވެ އިނާމެއް ހޯދުމުގެ ފުރުސަތު އެސްޓީއޯއިން ހުޅުވާލާފިއެވެ.
އެސްޓީއޯއިން ވަނީ ހޯލްސޭލް ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓާ ވުމަށް ކޮމްޕެނީ ރަޖިސްޓްރޭޝަން ސެޓްފިކެޓާއި ޖީއެސްޓީ ސެޓްފިކެޓް އަދި ވެރިފަރާތުގެ އައިޑީ ކާޑު ފޮޓޯއެއް 7291124 އަށް ވައިބާ ކުރުމަށް އެދިފައެވެ.
އޭގެ އިތުރުން އެ ލިޔުންތައް މެއިލް ކޮށްލުމުން ވެސް ހޯލްސޭލް ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓާ ވެވޭނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ
ހާޑް ކޮޕީ (ޕްރިންޓް ކޮށްފައި) އެއް ނަމަ އެސްޓީއޯ ހޯލްސޭލް ސެންޓަރު ނޫނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ކައުންޓަރަށް ހަވާލުކުރުމަށް އެސްޓީއޯއިން ވަނީ އެދިފައެވެ. އަދި ރަށުގައި ނަމަ އެރަށެއްގައި ހުންނަ އެސްޓީއޯ ފިހާރައަކަށް ހަވާލު ކޮށްލުމުން ރަޖިސްޓްރޭޝަން ކުރިއަށް ދާނެ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ.
ހޯލްސޭލް ކަސްޓަމަރެއްގެ ގޮތުގައި ރަޖިސްޓާ ވެގެން އިނާމު ހޯދުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު އެއްވަނަ އިނާމެއްގެ ގޮތުގައި ހޯމް އިމްޕުރޫވްމަންޓް ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.
ދެވަނަ އިނާމެއްގެ ގޮތުގައި ސުޕާމާޓް ގިފްޓް ޕެކެއް ދިނުމަށް ހަމަޖެހިފައި ވާއިރު ތިން ވަނަ އިނާމެއްގެ ގޮތުގައި ސަންފޯޑް ފްރެޔާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.