ހދ. ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކުޅުދުއްފުށީގައި ތެޔޮ ބައުޒަރެއްގައި ރޯވި އަލިފާން ގަނޑު އެމްއެންޑީއެފް ނޯތަން އޭރިޔާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަންގެ ސިފައިން ނިއްވާލާފައިވާ ކަމަށެވެ.

އެހާދިސާ ހިނގާފައިވަނީ މިއަދު 11:55 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ

ތެޔޮ ބައުޒަރުގައި އަލިފާން ރޯވެ އަނދަނީ

އެމްއެންޑީއެފުން ބުނީ އެހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

އެހާދިސާ ހިނގަން ދިމާވި ސަބަބު އަދި ސާފެއް ނުވެއެވެ.

މިއަދު ވަނީ ވިލިމާލެގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި ވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ