ފުލޫ ކުލިނިކަށް ދެއްކި 13 އަހަރުގެ ކުއްޖަކު ޕޮޒިޓިވް ވުމުން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބުނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ސާމްޕަލް ނެގި 13 އަހަރުގެ ކުއްޖަކު ވަނީ ކޮވިޑް 19 އަށް ޕޮޒުޓިވް ވެފައި ކަމަށެވެ. އެހެންކަމުން މި ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ފަށާފައި ވާކަމަށެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައި ވަނީ އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ކުޅުދުއްފުއްޓަށް އެރުން މަނާ ކޮށްފައި ވާކަމަށެވެ.

އެހެންނަމަވެސް ސިއްހީ ފަރުވާ ހޯދުމަށް ކުޅުދުއްފުށި ސިޓީއަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން އަމަލު ކުރާނީ ޖޫން 5 ،2021 ގައި "ސިއްހީ ބޭނުންތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުމާ ގުޅޭ" ސާކިއުލާ އާ އެއްގޮތަށް ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ކޮވިޑާ ގުޅިގެން އެރަށް ޖޫން މަހުގެ 9 ވަނަ ދުވަހު މޮނީޓަރިންއަށް ލުމަށް ފަހު 19 ދުވަސް ފަހުން މޮނިޓައިންގެ ހާލަތުން ނެގިއެވެ. މީގެ އިތުރުންވެސް ކޮވިޑް ކޭސް ފެނިގެން އެކިފަހަރުމަތިން ކުޅުދުއްފުށި ސިޓީ ވަނީ މީގެ ކުރިން މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.