މިރޭގެ އައިޖީއެމް ހޮސްޕިޓަލް ކައިރީގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން 2 މީހަކު ފުލުހުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 18 އަހަރުގެ 2 ފިރިހެނުން ކަމަށެވެ.

މި މާރާމާރީ ހިންގާފައި ވަނީީ މިއަދު އިރުއޮއްސި 6:39 ހާއިރު އެވެ.

ފުލުހުންގެ ބުނީ، އެ ސަރަހައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރިއެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް މާރާމާރީގެ އިތުރު ތަފްސީލެއް އަދި މި މާރާމާރީގައި ބަޔަަކަށް އަނިޔާވިކަމެން ނުވަތަ ނޫންކަމެން ފުލުހުން ހާމައެއް ނުކުރެއެވެ.

މި މާރާމާތީ ހިނގަން ދިމާވި ސަބަބެއް އަދި އެކަން ކުރި ބައެއް ސާފު ނުވާ އިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލޭގައި މިއަދު މާރާމާރީއެއް ހިނގި އިރު، އިއްޔެރޭވެސް މާލޭގެ މަޖީދީ މަގު ޑިލައިޓް ކައިރިން ކާރެއް ހުއްޓުވާ އޭގައި އިން ކުއްޖަކަށް އަނިޔާކޮށް އެ ކުއްޖާގެ ބޯ ފަޅަލި ހާދިސާއެއް ވަނީ ހިނގާފައެވެ. އަދި މިއަދު ހަވީރު ވަނީ ހުވަފެނީގޯޅީގައިވެސް ބަޔަކު މާރާމާރީއެއް ހިންގާފައެވެ.