ނިމިދިޔަ ރޯދަމަހު 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ކުރު ވާހަކަ މުބާރާތުގެ އެންމެ މޮޅު ތިން ވާހަކަ ހޮވައިފިއެވެ.

ރޯދަމަހަށް ހާއްސަކޮށްގެން 'ދަ ޕްރެސް' އިން ކުރިއަށް ގެންދިޔަ ކުރުވާހަކަ މުބާރާތަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔައެވެ. ތަފާތު އެކި ހާދިސާތަކަށް ލިޔެފައިވާ ވާހަކަތައް ފޮނުވާ ގިނަ ބަޔަކު ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ.

ކުރުވާހަކަ މުބާރާތުގައި ގެނެސްދިން ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު ވާހަކައަކަށް ހޮވިފައި ވަނީ ޒިޔާދާ ޔޫނުސް ހުށަހެޅި "ކަސްތަޅު" ވާހަކައެވެ.

ދެވަނަ އަށް ހޮވިފައި ވަނީ ފާތިމަތު ހަސަން ހުށަހެޅި "ބިރުވެރި ތަޖުރިބާ" ވާހަކައެވެ.

އަދި ތިންވަނަ އަށް ހޮވިފައި ވަނީ އަލީޝާ އަހްމަދު އަބްދުއްޝުކޫރު ހުށަހެޅި "އަލިމަގެއް ދިރިއުޅުމަށް" ވާހަކައެވެ.

ކުރުވާހަކަ މުބާރާތުގައި ބައިވެރި ހުރިހާ ފަރާތްތަކަށް 'ދަ ޕްރެސް' ގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔަމެވެ. އަދި މި މުބާރާތުގެ އެންމެ ރަނގަޅު 3 ވާހަކަ ލިޔުނު ފަރާތްތަކަށް ދޭން ހަމަޖެހިފައިވާ އިނާމް ހަވާލު ކުރުމަށް އެ ފަރާތްތަކަށް ގުޅާނަމެވެ.

ވާހަކަ ލިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވާހަކަ ލިޔުމުގެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ދިނުމުގެ އިތުރުން، މިފަދަ އިތުރު މުބާރާތެއް ބޮޑެތި އިނާމުތަކާއެކު، އަންނަ ރޯދަ މަހުވެސް ބޭއްވާނެ ކަމަށް މި ނޫހުގެ މެނޭޖްމަންޓުން ބުނެއެވެ. އަންނަ ރޯދަ މަހު ވެސް ތަފާތު ރީތި ކުރު ވާހަކަތައް ހުށަހަޅާނެ ކަމުގެ އުންމީދުގައި މި އަހަރުގެ މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކުރަމެވެ.