ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އެހެން ޕާޓީއަކާއެކު މަސައްކަތެއް ނުކުރައްވާނެ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުނެފިއެވެ.
އެ ޕާޓީން ބުނީ ރައީސް ޔާމީން ސިޔާސީ މަސައްކަތް ކުރައްވާނީ ޕީޕީއެމް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކުގައި ކަމަށާއި އަދި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ.
ޕީޕީއެމް ކޯލިޝަނުން އިތުރަށް ބުނީ ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުން ކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި ޕީޕީއެމް އަދި ޕީއެންސީ މެންބަރުން ބައިވެރި ނުވުމަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރާ ކަމަށެވެ.
ޕީޕީއެމުން މިފަދަ ބަޔާނެއް ނެރުނު އިރު ސިޔާސީ ބައެއް ފަރާތްތަކުން އާ ޕާޓީއެއް އުފައްދަން މަސައްކަތް ކުރާ ކަމަށާއި، އެ މަސައްކަތުގައި ރައީސް ޔާމީނުގެ ތާއީދު އޮތް ކަމަާއި، މުސްތަގުބަލުގައި ޔަމީން ފެނިވަޑައިގަންނަވާނީ އެބަޔަކާއެކު ކަމަށް ބުނެ ދަނީ ބައެއް ވާހަކަތައް ދެކެވެމުންނެވެ.
ހެޔޮނުވާނެ އެއްޕާޓީ އަކާއެކީ މަސައްކަތް ނުކުރިޔަސް ރުބެލް އާއެކީ މަސައްކަތް ކުރާތި ބޮޑުވަގާ