ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 6720 ފްލެޓްތަކުގެ އެއްބަސްވުމުގެ ޑްރާފްޓް އާންމުންނަށް ފެންނަ ގޮތަށް އެޗްޑީސީ ވެބްސައިޓްގައި އާންމުކޮށްފިއެވެ.

އެޗްޑިސީން ބުނީ، މި މިޝްރޫއު އަކީ ބޮޑު މަޝްރޫއެއް ކަމުން ވަކިވަކިން ހުރިހާ ފަރާތަކަށް އެއްބަސްވުމުގެ ޑްރާފްޓް ފޮނުވުމަކީ ދަތި ކަމެއް ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތަކަށް ފެންނާނެ ހެން އެއްބަސްވުމުގެ ޑްރާފްޓެއް ވެބްސައިޓުގައި ޝާއިއު ކޮށްފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ އެއްބަސްވުމުންގައި ސޮއި ކުރުމުގެ ކަންކަމަށް ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއި ކުރަން ވާއިރަށް އެ ޑްރާފްޓަށް ބައެއް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެޗްޑީސީން ބުނެއެވެ.

ހިޔާ ފްލެޓްގެ ކަންކަމާ ގުޅިގެ ސަރުކާރުން ބުނެފައި ވަނީ ކޮވިޑް ހާލަތާ ގުޅުގެން ގުރުއަތުން ނެގުން ހުއްޓިފައި އޮތުމަށް ފަހު މި މަހުގެ 16 ވަނަ ދުވަހު އަނެއްކާވެސް ގުރުއަތުލުމުގެ މަސައްކަތް ފަށާ، 30 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާނެ ކަަމަށެވެ. އެހެންކަމުން އަންނަ މަހުގެ 14 ގައި އެގްރިމެންޓް ތަކުގައި ސޮއި ކުރުމުގެ ކަންކަން ފެށޭނެ ކަަމަށާއި އެ ކަމަށް ވެސް 30 ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްގެ ގޮތުގައި 6،720 ފްލެޓް ވަނީ ދޫކޮށްފައެވެ. އެ ފްލެޓް ތަކުގެ ކުއްޔަށް މަހަކަށް 7500 ރުފިޔާ ނަގަން ނިންމާފައި ވާއިރު، މެއިންޓަނަންސް ފީގެ ގޮތުގައި ކޮންމެ ފުލެޓަކުން 1000 ރުފިޔާގެ މަގުން މަހަކު 6،720،000 މިލިއަން ރުރިޔާ ނަގަން އެޗްޑީސީން ވަނީ ނިންމާފައެވެ.

ފެލެޓްގެ ކުއްޔަށް ނަގާ އަދަދު ބޮޑު ކަމާއި، އަދި އޭގެ މައްޗަށް މެއިންޓެނަންސްގެ ގޮތުގައި ބޮޑު އަދަދެއް ނަގާތީ އާންމުންނާއި މާލޭ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ކުލި ކުޑަކޮށްދޭން ސަރުކާރުގައި އެދިފައެވެ.