ޕިއުބަޓީއާ ގުޅިގެން ޖިސްމާނީ ގޮތުންނާއި ބައޮލޮޖިކަލް ގޮތުން އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ހަށިގަޑަށް އަންނަ ބަދަލުތަކާ ގުޅޭ ސައްޙަ މައުލޫމާތު ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ ފަޒްނާ މިގޮތައް ވިދާޅުވެފައިވަނީ "މެންސްޓްރުއަލް ހެލްތު އެޑިއުކޭޝަން އެންޑް ސަސްޓެއިނަބަލް ޕީރިއަޑް" އާ ގުޅޭ ގޮތުން ބޭއްވި ވެބިނާއެއްގައި ބައިވެރިވެވަޑައިގެން ޕެނަލް ޑިސްކަަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
ޕޮލިސީ ލެވެލްގެ ބޭފުޅުން ހިމެނޭ މި ވެބިނާގައި ޕިއުބަޓީއާ ބެހޭގޮތުން ކުދިން ހޭލުންތެރި ކުރުވުމުގެ މައިގަނޑު ސަބަބުތައް ވަނީ ފަސްޓް ލޭޑީ ފާހަގަކުރައްވާފައެވެ.
އެ ގޮތުން އަދި މިއީ އުފަންވެނި ސިއްހަތާ ގުޅުންހުރި ކަމަކަށް ވާތީ މި ކަމުން ދިމާވެދާނެ ކަންކަމަށްޓަކާ ކުއްޖާގެ އުމުރާ ގުޅޭގޮތުން ހޭލުންތެރި ކުރުވުމުގެ މުހިންމުކަން އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި މެންސްޓްރުއޭޝަން އަކީ އަމިއްލަ ސާފު ތާހިރުކަމާއި ތިމާވެށީގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ކަމަކަށް ވާތީ ޕީރިއަޑް ވުމުން ކަންކުރަންވީ ގޮތްވެސް ކިޔާދޭން ޖެހޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އެކަމަނާ ވަނީ މިކަމާ ގުޅިގެން ހުރި ގޮންޖެހުންތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ކުއްޖާގެ އުމުރާއި އެ މުޖުތަމައެއްގެ މާހައުލާ ގުޅޭގޮތުން ކަންކަން ކުރުމުގައި ދަތިތައް ދިމާވާކަމާށާ، ޕިއުބަޓީގެ ވާހަކަ ދައްކަން ރަނގަޅީ ހެލްތް އެޑިއުކޭޝަންގެ ތެރެއިން ކަމަށް ތަޖުރިބާ ކާރުން ވިދާޅުވާ ކަމަށެވެ. އަދި މުޖުތަމައުއަށް ފައިދާވާނެ ފަދަ ގޮތަކަށް މިކަން ކުރެވޭނީ ބެލެނިވެރިންގެ ރުހުމާއި އެއްބާރުލުމާއެކު ސްކޫލް ކަރިކިއުލަމްގެ ތެރެއިން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.
ސޮސައިޓީ ފޮ ހެލްތު އެޑިއުކޭޝަންއާއި، ޒީރޯ ވޭސްޓު މޯލްޑިވްސް ގުޅިގެން ޔުނައިޓްޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) ގެ އެއްބާރުލުމާއެކު ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ މި ވެބިނާގައި ސަރުކާރުގެ ޕޮލިސީ ލެވެލްގެ ބޭފުޅުންނާއި، ސިއްހީ ދާއިރާ ތަމްސީލުކުރައްވާ ބޭފުޅުންނާއި، މަދަނީ ޖަމިއްޔާ ޖަމާއަތްތަކުގެ ބޭފުޅުންނާއި، މި ދާއިރާއިން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާފައި ވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.
"މެންސްޓްރުއަލް ހެލްތު ޑޭ" ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ މެއި މަހުގެ 28 ވަނަ ދުވަހެވެ.
ތިޔަ އުޅެނީ ސެކްސް އެޑިއުކޭޝަން ތާރަފްކުރަން. ޢޭރުން ކުދިންނަށް ސޭފް ސެކްސް ދަސްކޮށްދެވި ޒިނޭކުރުމަކީ ކޫލްކަމަކަމަށް ހަދަން.
ތިވަރަށްރަގަޅު ބަސްކޮޅެއް ތިކަމުގައި ކުދިން ހޭލުންތެރިކުރުވުން މާލަސްވެސް ވެއްޖެ މިޤަޥްމުގެ ގިނަ ދަރިވަރުން ޤްރެއިޑް 12 ނިންމާލާ އިރުގައިވެސް ތިމަންނަގެ ހަށިގަނޑު ޞާފު ކޮއްލަން އެނގެނީ ވަރަށް މަދު ދަރިވަރަކަށް