އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއީލް (އިބްރާ)ގެ ބަހުގެ ހަމަލާތަކެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރަށް އަމާޒު ކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ގޮތް ނޫން ގޮތަކަށް ކަން ކުރާ މީހުންނާ ދިމާލަށް ޣައްދާރެކޭ ބުނެ ދައްކާ ވާހަކަތައް ހުއްޓާލަން ޖެހޭ ކަމަށް އިބްރާ ވަނީ ވިދާޅުވެފައެވެ.
އިބްރާ އެހެން ވިދާޅުވީ މޭ މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަ ކޮށްލަން އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެވެސް މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ތެރޭގައި އުފެދެމުން އަންނަ މައްސަލަތަކާ ގުޅިގެންނެވެ. މީގެ ކުރިން ގައުމުގެ އިސްލާހަށް ނުކުތް ގިނަ ބަޔަކަށް މިފަދަ ކަންކަމުން މިންޖު ނުވެވިގެން މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެ ގޮތަށް މަސައްކަތް ހުއްޓާލި މީހުން ބޭނުން ވަނީ ވެރިކަން ނޫން ކަމަށް ވެސް އޭނާ ފަހާގަ ކުރެއްވިއެވެ.
އެކަމާ ގުޅިގެން ނާޒިމް ސައްތާރު އިބްރާއަށް ރައްދު ދެއްވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިގޭ (އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން) ގެ މައްސަލަ 2018 އިން ފެށިގެން ކެކެމުން ދިޔަ ކަމަށާއި ބިގޭ ގަބޫލު ކުރައްވަނީ ސަރުކާރު ދެމެހެއްޓޭނީ ކޮންމެސް ވަރަކަށް ކޮރަޕްޝަން އަމަލުތަކާ އެކު ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީގެ އާންމު މެންބަރުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ނާޒިމް ސައްތާރު ވަނީ ވިދާޅުވެފައެވެ.
އެ ޓްވީޓަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ ބިގޭ ކޮރަޕްޝަންގެ އަމަލެއް ހިންގެވިކަން އޭނާއަށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ އިސް އާރުކާޓީގެ ތެރޭގައި ހިމެނޭ ބައެއް ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތައް ފެނިވަޑައިގެންފައި ވާ ކަމަށެވެ.
އިބްރާ ވިދާޅުވީ ކޮރަޕްޝަން ހިންގާ މީހުންގެ ތެރޭގައި ރައީސް ނަޝީދުގެ ވަރަށް ގާތް މީހުން ހިމެނޭ ކަމަށާއި އެކަން ރައީސް ނަޝީދަށް "އޯކޭ" ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ގާތް މީހުންގެ ކޮރަޕްޝަން މައްސަލަތައް ބެލުން ހުއްޓުވާފައި ހުރި ކަން ފާހަގަ ކުރައްވަމުން އޭނާ ވަނީ ސިޓީ ކައުންސިލްގެ މައްސަލައިގައި ނަޝީދު ހުރަސްއެޅުއްވި ކަމުގެ ތުހުމަތު ކުރައްވާފައެވެ.
އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވާއިރު، ރާއްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ކޮމިޓީތަކުގައިވެސް އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ.
އެގޮތުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ ބިގޭއަށެވެ. އެއީ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުވުމަށް ޑިފެންސުން ނިންމި މައްސަލައިގައި ދައުވާކުރަން ބޭނުންވެގެން ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރި ކޮމިޓީން ބޭރުކޮށްލުމަށް އޭނާ ވޯޓު ދެއްވުމާ ގުޅިގެންނެވެ.
އިބްރާއަށް ދޭންޖެހޭ ރުފިޔާއެއްވާނަމަ އަވަހަށްދީ ނިންމާލާ އެއިރު ތިބްރާކިބައިން ސަލާމަތްވީ
ޙީނުވެ އަދި ތިވަރުން ސަލާމަތް ވާނެ ހެނެއް. ކޮންމެވެސް އެހެން އެއްޗެކޭކިޔާފަ 2-3 ބަސްތާ ވަރު ހޯދާލާނެ.
ފަސްމާވަގުންގެ މުލުވަގު ހުރިހާ ކަމަކަށް ނުގެޅިބަލަ
ރަނގަޅުވާހަކެއް ދައްކާނެ ކަމެއް ނެތް