ރޭ މާފަންނު ބިސްބުރު ކައިރީގައި މަގުމަތީގައި ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މީހާއަކީ ބިސްބުރު ކައިރީ ހުރި ގެޔަކަށް ވައްކަން ކުރަން ވަތް މީހެކެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ ޒަހަމްތަކަކާއެކު މާފަންނު ބިސްބުރުކައިރީ މަގުމަތީގައި މީހަކު އޮތް ކަމުގެ މައުލޫމާތު 23:11 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި މި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެއެވެ.