ގދ. ތިނަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ 4 މީހުން ތިބި ކާރެއްގައެވެ. މި އެކްސިޑެންޓްގައި އަނިޔާވި އެކަކުގެ ހާލު ސީރިއަސްވެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ.

މި އެކްސިޑެންޓް ހިނގައިފައިވަނީ 4 މީހުންތިބި ކާރެއް ކޮންޓްރޯލް އިން ނެއްޓިގެން ގޮސް މޫދައް ވެއްޓިގެންނެވެ.

ތިނަދޫގައި މިއަދު އެކްސިޑެންޓްވި ކާރު

މި އެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައިވަނީ ކާރު ދުއްވަން އިން މީހާއަށެވެ.

މި މީހާ މިހާރު ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.