ކަރަންޓް ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ މާލޭގެ ކަނބާ އައިސަރަނި ހިނގުމުގައި ހުރި ސްޓެލްކޯގެ ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައިވާ ކަމަށެވެ.

އެމްއެންޑީއެފް ގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ ހާދިސާ ހިނގިތާ މާ ގިނައިރެއްނުވެ އަލިފާން ނިއްވާލާފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ިބިފައިވަނީ ރޭ ދަންވަރު 01:01 ހާއިރު ކަމަށެވެ.

މިމަހުގެ 27 ވަނަ ދުވަހުގެ ފަތިހުވެސް ވަނީ މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި އަލިފާނުގެ ހާދިސާ ހިނގައިފައިވަނީ މއ. މޯނިންވިއުގައެވެ. މި ހާދިސާގައި 5 އާއިލާއެއް ވަނީ ހާލުގައި ޖެހިފައެވެ.