ގައުމީ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ލޭގެ ނަގަން އިން ފޮޓޮއެއް ހިއްސާކުރަމުން މިއަދު ހެނދުނު އަޝްފާގު ކުރި ޓުވީޓުގައި ބުނީ ޓީމުން ޑުބައިގައި ހުރެ ކޮވިޑަށް ޓެސްޓް ކުރުމަށް އިއްޔެ ނެގި ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކުގައި ބައިވރިނުވެވޭނެ ކަމަށްވެސް އަޝްފާގް ބުނެފައިވެއެވެ.

ގައުމީ ޓީމު ޑުބާއިއަށް ދިޔައީ ކުރިއަށް އޮތް މުހިންމު މެޗުތަކަށް ފަރިތަކުރުންތައް ބޭއްވުމަށެވެ.

ވަރަށް ދެރަވޭ ކުރިޔަށް އޮތް ވޯލްޑްކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކުގައި ޓީމާއެކު ބައިވެރިނުވެވޭތީ"
އަލީ އަޝްފާގް

އަޝްފާގުގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ ކުޅުން ދެން އޮތީ ޗައިނާގައި ކަމުން، މިއަދު އެމިރެޓްސްގެ މަގުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ޗައިނާއަށް ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ޗައިނާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް އެތެރެވުމުގެ ކުރިން 2 ސެންޓަރަކުން 2 ދުވަހު ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. މީގެއިތުރުން ކޮވިޑް ވެކްސިން ޖަހައިފައިވާކަންވެސް ކަޝަވަރުކޮށްދޭން ޖެހެއެވެ.