ރާއްޖޭގެ ރައީސް ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮވަން މަސައްކަތް ކުރެއްވުނީތީ، ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާ ދިނުމަށް ބޭރުގެ އެޑްވައިޒަރަކު ހަމަޖެއްސުމާ ގުޅިގެން އެކަމާ ނުރުހުން ފާޅު ކުރައްވާ އޭނާ ވަނީ ރައީސް ސޯލިހްގެ މައްޗަށް، ރައީސަށް ލިބޭ މުސާރައަށް ވުރެ ބޮޑު މުސާރައަކާއެކު ބޭރު ގައުމެއްގެ ތަޖުރިބާކާރު ނުލައްވަންތޯ ސުވާލު ކުރައްވާފައެވެ.

އެކަމާ ނުރުހުން ފާޅުކުރައްވަމުން ވައްޑެ ވަނީ ރައީސް ސޯލިހް ހޮވަން މަސައްކަތް ކުރެއްވުނީތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ފިނޭންސް މިނިސްޓަރު އަމީރަށް ލަފާ ދޭން ބައިނަލްއަގްވާމީ އެޑްވައިޒަރެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޑރ. ޝާންތާ ޑެވަރަޖަންއެވެ. ޝާންތާ އެ މަގާމަށް އައްޔަނު ކުރީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ޑރ. ޝާންތާ ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިންގ ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމު އަދާ ކުރައްވާފައެވެ. އޭނާ އަކީ އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީން، އިކޮޮނޮމިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

އަމީރަށް ލަފާދޭން ބޭރު މީހަކު ހަމަޖެއްދި އިރު ރައށިް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ އެކި މަރުހަލާތައް ކުރިއަށް ދާ ގޮތް ބަލަންވެސް ބޭރުގެ އެޑްވައިެރއް ވަނީ ހަމަޖައްސާފައެވެ.