ރޭ މާލޭގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް އެކްސިޑެންޓްވެ މަރުވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރޭ ހިނގި އެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 21 އަހަރުގެ އިސްމާއީލް ޔަޒްދާން އަލީއެވެ.
އެ ޒުވާނާ މަރުވެފައިވަނީ އެކްސިޑެންޓްގައި ލިބުނު އަނިޔާއަށް އޭޑީކޭގައި ފަރުވާދެމުންދަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާ އެކްސިޑެންޓް ވުމާއެކު ވަނީ ފިލާފައެވެ. މި އެކްސިޑެންޓް ހިނގައިފައިވަނީ ކޮވިޑާ ގުޅިގެން ކާފިއު ހިންގާފައި ވަނިކޮށް ރޭ 10:00 ހާއިރު އެވެ. ހަވީރު 4 އިން ހެނދުނު 8 އަށް ކާފިއު ހިންގާފައި އޮތް އިރު ހުއްދަ ނެތި މަގުމަތީގައި އުޅުމާއި އެއްގަމު އުޅަނދު ދުއްވުމަކީވެސް މަނާ ކަމެކެވެ.
އާންމު އުސޫލެއްގެ ގޮތުން މަރުވާ ކޮންމެ މީހަކުވެސް މިހާރު އަންނަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.
ކަލޯގަޔާ ނެތެންނު ސަލާމަތެއް. އެކްސިޑެންޓް ވެގެން މަރުވިޔަސް، މުސްކުޅި ބަލީގައި މަރުވިޔަސް ކޮންމެ ކަހަލަ މަރެއްވިޔަސް ހަމަ ތިޔާ ބުނާ ކޯވިޑް. ކިހާދެރަކަމެއްމިދެން. 5 އަހަރުގެ ވެރިކަން ނިންމާލާނީ ރައްޔިތުން އަޅުވެތިކޮއްފަ ގޭގައި ބަންދު ކޮއްފައި ބައިތިއްބައިގެން ކޯވިޑޭ ކިޔާއިގެންތިބެ. މީގެ އެންމެ މަޖާތަންކޮޅަކީ ސަރުކާރާ ގުޅުންހުރި މުއްސަނދި މީހަކު ވިއްޔާ ކޯވިޑް ޖެހޭތާ 3 ދުވަސް ތެރޭގައި އެކަން ރަނގަޅުވެ އެއްކޮން ނިމޭ. އަނެއްކާ އިންތިހާބެއް ބާއްވަން ވެއްޖެއްޔާ ދުވާލަކު 20 މީހުންވެސް ޕޮޒިޓިވް ނުވޭ. އިންތިހާބުން ސަރުކާރު ތަމްސީލްކުރާ ޕާޓީ އަށް މާލެސިޓީ ނުލިބުނުފަހުން ކުރިން ކޯވިޑްއަށް ޕޮޒިޓިވްވާ 20 މީހުންގެ އަދަދުގެ ފަހަތަށް އިތުރުވެއްޖެ އިތުރު ދެސުމެއް. މިހާރުގެ އާންމު ރޭޓް އަކީ 2000 ކީކޭދެން ބުނާނީ. ރައްޔިތުން ނިދާފައި ތިޔަތިބި ނިދިން ހޭލާއިގެން ދެލޯ ރަނގަޅަށް ހުޅުވާލާފަ ބަލާލާކައް އަދިވެސް ނުވޭތަ މިހިނގާ ކަނަކަން.