ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާ ތަކެއް ދޭން ނިންމައިފިއެވެ.

މި އޮފާތައް ދިނުމަށް ހަމަޖެހިފައިވަނީ ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކޮވިޑްގެ މި ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން ޑިޖިޓަލް ހިދުމަތްތަކަށް އިތުރަށް ބަރޯސާވާން ޖެހިފައިވާ ކަމަށެވެ.

އެގޮތުން މި އޮފާތައް ދިނުމަށް ނިންމާފައިވަނީ މިދިޔަ އަހަރެކޭވެސް އެއްފަދައިން، އޮފީސް މަސައްކަތް ރިމޯޓްކޮށް ކުރިއަށްގެންދިޔުމާއި ކިޔަވާ ކުދިން ކްލާސްތަކަށް އޮންލައިންކޮށް ހާޒިރުވާން ހަމަޖެހިފައިވާ މި ދަނޑިވަޅުގައި އިންޓަނެޓް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުނެއެވެ.

ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ޖޫން މަހުގެ ނިޔަލަށް ލިބޭ ހިލޭ ޑޭޓާ:

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސަންޓް އިތުރު ޑޭޓާ
  • ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސަންޓާއި 200 ޕަސަންޓާ ދެމެދުގެ ހިލޭ ޑޭޓާ
  • ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސަންޓް ހިލޭ އިތުރު އެލަވަންސް
  • ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް 30 ޕަސަންޓް ހިލޭ އިތުރު އެލަވަންސް

ދިރާގުން ބުނީ ކަސްޓަމަރުންނަށް ހިލޭ ޑެޓާ ލިބިގެން ދާނީ ޖޫން މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށެވެ.

ބޫސްޓާ، ޑޭޓާ އެޑް-އޮން އަދި ބަންޑްލްސްތަކަށް ލިބޭ އިތުރު ހިލޭ ޑޭޓާ:

  • ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް
  • މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާ އަކުންވެސް ދެ ގުނަ އިތުރު ޑޭޓާ
  • ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސަންޓް އިތުރު އެލަވަންސް ކޮމްބޯ ޕޮލޭން ތަކުން ލިބިގެން ދާ އިރު، 200 ޕަސަންޓް އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް
  • ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން 30 ޕަސަންޓް އިތުރު ހިލޭ ޑޭޓާ އަލަވަންސް
  • ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކޮށްގެން 100 ޕަސަންޓް އިތުރު އެލަވަންސް
  • ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން ތަކުން 30 ޕަސަންޓް ހިލޭ އިތުރު ޑޭޓާ އެލަވަންސް
  • ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން 100 ޕަސަންޓް އިތުރު އެލަވަންސް

ދިރާގުން ބުނީ ކަސްޓަމަރުން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން އަދި ބޫސްޓާ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މޭ 27، 2021 ގެ 12:00 އިން ޖޫން 30، 2021 ގެ ނިޔަލަށް ކަމަށެވެ.

އޭގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން ޖޫން 30، 2021 ގެ ކުރިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް 50 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އުންމީދުކުރަނީ، މި ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ. އަދި އިންޓަނެޓްގެ ހިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުންވެސް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކުރެއެވެ.

ދިރާގުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.