ހުޅުމާލެއިން ޒަހަމްތަކަކާއެކު ވެއްޓިފައި އޮތް މީހަކު އައިޖިއެމްއެޗް އަށް ގެންގޮސް ފަރުވާދެމުން ގެންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ހުޅުމާލޭ ނިރޮޅު މަގުގެ 6 ނަންބަރު ގޯޅީގައި ޒަހަމްތަކާއެކު މީހަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ބުރާސްފަތި ދުވަހުގެރޭ 03:00 ހާއިރު ލިބިފައިވާކަމަށެވެ. އަދި ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ހޭވެރިކަމެއް ނެތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ހުޅުމާލޭގެ އިމާރާތެއްގެ ތެރެއިން ވަރަށް ގިނަ ލޭތަކާއެކު ވެއްޓިފައި އޮތް މީހެއްގެ ވީޑިއޯ މިހާރު ދަނީ ދައުރުވަމުންނެވެ. ބެލެވޭގޮތުގައި އެއީ މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންގެންދާ 21 އަހަރުގެ މީހާއެވެ.